March 24, 2015
ނަންބަރު:427-LCM/CIR/2015/9
ސަރކިއުލަރ
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީފީ ދެއްކުމުގެ މުއްދަތު ހިނގަމުންދާ މާރޗް މަހުގެ ނިޔަލަށް ހަމަވުން
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 11ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީފީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ނިޔަލަށް ދައްކަންވާނެއެވެ. ވުމާއެކު ހުރިހާ ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ހިނގަމުން މިދާ މާރޗްމަހުގެ ނިޔަލަށް 2015ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ދައްކާ ތާރީހާ ހަމައަށް ފައިތުވާ ކޮންމެ ދުވަހަކަށް 2000/- (ދެހާސް)ރުފިޔާގެ ޖޫރިމަނާއާ އަރާނެއެވެ.
އަދި ދަންނަވަމެވެ. ކޮމިޝަންގެ ނަންބަރ : (IUL)427-LCM/1/2014/57 (08 އޮކްޓޯބަރ 2014)ގައި ވާގޮތުގެ މަތީން 2013ވަނަ އަހަރާއި 2014ވަނަ އަހަރުގެ އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ ފައިސާ 31 މާޗް 2015ގެ ނިޔަލަށް ފުރުޞަތު ދިނުމަށް ފަހު ފައިސާ ދައްކައިފައި ނުވާނަމަ ޤަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭނެކަންވެސް އަންގަމެވެ.
04 ޖުމާދަލް އާޚިރާ 1436
24 މާރިޗް 2015