ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

February 7, 2017

ސަރކިއުލަރ

                                                                            ނަންބާރް: 427-LCM/CIR/2017/4

ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓް ކުރަންވާނެކަން ބަޔާންކުރުމާއިއެކު ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގައި ލައިސަންސް ދިނުމުގެ ޢާންމުޝަރުޠު ތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީ ހިނދު، ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސް މި ރިޕޯޓް ވަނީ ހުށަނާޅައެވެ.

ވީމާ، މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން 28 ފެބްރުއަރީ 2017 ވާ (އަންގާރަ) ދުވަހުގެ 15:00ގެ ކުރިން ބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2016ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ފޮނުއްވާ ދެއްވުން އެދެމެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓްގައި ހިމަންނަންޖެހޭ ބައިތަކެވެ.

  1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން.
  2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު.
  3. ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް.
  4. ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު މިންވަރު.
  5. ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓް/ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)
  1. ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް.
  2. ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލް ކުރެވިފައިވާ މިންވަރު.
  3. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް.

05 ޖުމާދިލްއޫލާ 1438

02 ފެބްރުއަރީ 2017