މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން

July 20, 2015

އިޢުލާން

ނަންބަރު: (IUL)427-LCM/1/2015/29)

މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން  18 އޯގަސްޓް 2015އާ ހަމައަށް ހުޅުވާލައިފީމެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބް ސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 18 އޯގަސްޓް 2015ވާ އަންގާރަ ދުވަހުގެ 14:30ހެވެ. މި މުއްދަތުގެ ތެރޭގައި ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެގަވައިދާއެއްގޮތަށް ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް ލައިސަންސް ދޫކުރާގޮތަށް ހަމަޖެހިފައިވެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

      04 ޝައްވާލް 1436

       20 ޖުލައި 2015