ބްރޯޑްކާސްޓްކުރާ އިޝްތިހާރުތަކުގައި ސަމާލުކަމުގެ މެސެޖް ގެނެސްދިނުމާއި ބެހޭ

August 7, 2012

ސަރކިއުލަރ

ބްރޯޑްކާސްޓްކުރާ ބައެއް އިޝްތިހާރުތަކުގައި، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 4 ގައި ވާ އިޝްތިހާރުކުރުމުގެ މިނ ިްގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވެ ހުންނަކަން ކޮމިޝަނަށް ފާހަގަވެ، ކޮމިޝަންގެ ނަންބަރު:15 ) 427-LCM/CIR/20 ޖުލައި 2012)ގައި ނެރުނު ސާރކިއުލަރ އިން އިޝްތިހާރު ކުރުމުގެ މިންގަނޑުގެ ހަތަރު ވަނަ ނަންބަރުގައި އިޝްތިހާރެއްގައ ދައްކާ އެކްޝަނެއް ނުވަތަ ސްޓަންޓެއް ނަކަލު ކޮށްފާނެތީ އެކަން މީހުންގެ ސަމާލުކަމަށް ގެންނަން ޖެހޭނެކަމަށް ވާނީ ދަންނަވާފައެވެ.

ނަމަވެސްް، މަތީގައި ޙަވާލާދީފައިވާ ސަރކިއުލަރ އާންމުކުރެވުނު ފަހުން ވެސް، ވަތަނިއްޔާގެ އިޝްތިހާރެއްގައި ބައިސްކަލެއްގައި އިންނަ މީހަކު ކާރެއްގެ މަތިން ފުންމާލާ މަންޒަރު ހިމެނޭ އިޝްތިހާރުގައި، ސަމާލުކަމުގެ މެސެޖް ނުހިމަނައިގެނެސްދޭކަން ފާހަގަ ކުރެވެއެވެ. ވީމާ، މި އިޝްތިހާރު މީގެފަހުން ބްރޯޑްކާސްޓްކުރައްވާ ނަމަ، ސަމާލުކަމުގެ މެސެޖް ހިމެނުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިފަދަ ސްޓަންޓުތައް ހިމެނޭ އިޝްތިހާރެއް ބްރޯޑްކާސްޓްކުރުމުގެ ކުރިން ބްރޯޑްކާސްތްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 4ގައި ވާ އިޝްތިހާރުކުރުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ޔަޤީންކުރެއްވުމަށާއި، އިޝްތިހާރުތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުކަމުގެ މެސެޖާއެކު ގެނެސްދިނުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

19ރަމަޟާން 1433

07 އޮގަސްޓް 2012