ބްރޯޑްކާސްޓް ކޮންޓެންޓްގެ އޯޑިއޯ ވިޜުއަލް ކޮލިޓީ ބަހައްޓަންވީ މިންގަނޑު

August 30, 2012

ނަންބަރު: 427-MAN/CIR/2012/9

ސަރކިއުލަރ

   ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ބްރޯޑްކާސްޓް ކޮންޓެންޓްގެ އޯޑިއޯ ވިޜުއަލް ކޮލިޓީ ބަހައްޓަންވާނީ، ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްނުވާގޮތަށެވެ. އަދި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުން ރީބްރޯޑްކާސްޓްކުރާ ފަރާތުން ޚިދުމަތުގެ ގޮތުގައި ފޮނުވާ އަޑާއި މަންޒަރުތައް ހުންނަން ޖެހޭނީ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) ގެ ސްޓޭންޑެޑްތަކާ އެއްގޮތަށެވެ. މިގޮތުން، ކޮމިޝަނުން ޓެލެވިޜަން ބްރޯޑްކާސްޓް ސިގްނަލްގެ އޯޑިއޯ ވިޜުއަލް ފެންވަރު ހިފެހެއްޓުމަށް ގެންގުޅެންވީ ޓެކްނިކަލް މިންގަޑުތަކުގެ ކަރުދާހެއް ވަނީ  ކޮމިޝަނުން އެކުލަވާލައިފައެވެ. މި މިންގަނޑުގެ ތަފްޞީލް އަދި އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިޔަން (އައި.ޓީ.ޔޫ) އިން ކަނޑައަޅާފައިވާ ސްޓެންޑަރޑް މި ކޮމިޝަންގެ ވެބްސައިޓްhttp://www.broadcom.org.mv/ ގައި ހިމެނިފައިވާނެއެވެ.

12 ޝައްވާލް 1433

30 އޯގަސްޓް 2012