މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

April 23, 2025

އިޢުލާނު

ނަންބަރު: (IUL)427-OPR/1/2025/11

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުންގެންދާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ބޭއްވުމުގެ ހުރިހާ އިންތިޒާމެއް ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް  މިއިޢުލާނާއިއެކު ގެޒެޓުގައި  TOR އެއްކަރުދާސް ކޮށްފައިވާނެއެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި

  1. މަސައްކަތްކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށް ހުށަހަޅާ ލެޓަރ އޮފް އިންޓެންޓް.
  2. ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު ނުވަތަ ޕްރޮފައިލް.
  3. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ.
  4. ލިބިފައިވާ ތަޖުރިބާ އާއި ގުޅުންހުރި ލިޔުންތައް.
  5. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ/ ޖީ.އެސް.ޓީ ރަޖިސްޓަރ ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ.

ތަފްސީލް: މަޢުލޫމާތު ސާފުކުރުން

ތާރީޙް:  29 އެޕްރީލް 2025 (އަންގާރަ)

ގަޑި: 10:00

އަންދާސީ ހިސާބު ހުށެހެޅުމަށް: 

ތާރީޙް: 11 މޭ 2025 (އާދިއްތަ)

ގަޑި: 10:00

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

އީމެއިލް: info@broadcom.org.mv / reception@broadcom.org.mv

ފޯނު: 3334333 / 3334327

23 އޭޕްރީލް 2025