July 31, 2013
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާޝަލް ޓީވީ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 05 އޮގޮސްޓްގައި ބޭއްވުމަށް ނިންމައި މި އިންތިޚާބުގައި ވޯޓުލުމަށް ހުރިހާ ޓީވީ ޗެނަލަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވަތު އަރުވައިފިއެވެ.
“ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ” އަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް، ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.
ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާރޝަލް ބްރޯޑްކާސްޓަރުން ތަމްޞީލްކުރުމަށް 5 މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 3 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވަނީ ޓީވީ ޗެނަލްތަކުން ފޮނުވާފައިވާ ނަންތަކުގެ ތެރެއިންނެވެ. ޓީވީ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 އޯގަސްޓް 2013ވާ ހޯމަ ދުވަހުގެ 12.00 ން 13.00 އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފާން މާލަމުގައެވެ.
މި ކޮމިޓީގައި ޓީވީ ޗެނަލްތަށް ތަމްސީލުކުރުމަށް ވާދަކުރައްވާ ފަރާތްތަކަކީ:
ސްޓޭޝަން |
ނަން |
މަޤާމް |
|
އިމާދު ޙަސަން ލަޠީފް |
ޑިރެކްޓަރ ޖެނެރަލް/ނިއުސް |
|
ޔޫސުފް ނަވާލް |
ސީ.އީ.އޯ |
|
މިދުހަތު އާދަމް |
އެޑިޓަރ |
|
ޢުމަރު ޢަބްދުﷲ |
ލީގަލް ކައުންސެލް |
|
ތޮއްޔިބު މުޙައްމަދު |
ސީ.އީ.އޯ |
|
އަޒްހާން އިބްރާހީމް |
ސްޓޭޝަން ކޯޑިނޭޓަރ |
މި އިންތިޚާބުގައި ވޯޓުލުމަށް ޓީވީ ސްޓޭޝަނަކުން އެ ސްޓޭޝަނެއްގެ ފަރާތުން ވޯޓުލާނޭ ފަރާތެއް 01 އޮގަސްޓް 2013 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ކޮމިޝަނަށް އެންގުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިޞްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިންގ ސިނާއަތު ތަރައްޤީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.
މި އިންތިޚާބަށް ފަހު ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާރޝަލް ރޭޑިއޯ ތަމްސީލު ކުރާނެ 2 ފަރާތެއް ހޮވުމަށް އިންތިޚާބު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.