June 29, 2021
އިޢުލާން
ނަންބަރު: (IUL)427-OPR/INDIV/2021/1
ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަވަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކުވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، މި ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭތީ އަދި ބައެއް ބްރޯޑްކާސްޓަރުން ކަނޑައަޅާފައިވާ ސުންގަޑިއަށް ފީ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވުމުގެ ސަބަބުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2021 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު ކޮމިޝަންގެ ނަންބަރު: (IUL) 427-OPR/1/2021/10 އިޢުލާނުން ވާނީ 30 ޖޫން 2021 އަށް އިތުރުކޮށްފައެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަދިވެސް ދެމިއޮތުމާއި، މިކަމާ ގުޅިގެން އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، ބްރޯޑްކާސްޓަރުންނަށް އަހަރީ ފީ ދެއްކުމަށް ދަތިތަކެއް ހުރުމާ ގުޅިގެން، މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމުގެ މުއްދަތު، 31 ޑިސެމްބަރ 2021 އާ ހަމައަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
29 ޖޫން 2021