ބްރޯޑްކާސްޓް އެވޯޑަށް 294 ހުށެހެޅުން

September 18, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭމޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024″ ހުށެހުޅުމުގެ ސުންގަނޑި 17 ސެޕްޓެމްބަރުގައި ހަމަވެފައިވާ އިރު، މި އވޯޑަށް ޖުމްލަ 10 ޗެނަލަކުން 294 ހުށެހެޅުން ލިބިފައިވެ އެވެ.

މިގޮތުން، ޕްރޮޑަކްޝަން ކެޓަގަރީ އެވޯޑަށް 223 ހުށަހެޅުން އަދި ވަކި ވަކި ފަރުދުންނަށް ދޭ އެވޯޑު ކެޓަގަރީ އަށް 71 ފަރާތުން އެޕްލިކޭޝަން ހުށަހަޅައިފައި އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި،އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑްސް ބެހިފައިވަނީ ޕްރޮޑަކްޝަން އެވޯޑް، ވަކި ވަކި ފަރުދުންނަށް ދޭ އެވޯޑް އަދި ބްރޯޑްކާސްޓް ދާއިރާއަށް އިންޑަސްޓްރީ އެވޯޑް އަށެވެ. މި 3 ބައިން 26 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މި އެވޯޑް ދިނުމުގެ ހަފްލާ އަންނަ ޑިސެމްބަރުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.