October 4, 2020
އިޢުލާން
ނަންބަރު: (IUL)427-LCM/427/2020/7
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލުން
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން (04 އޮކްޓޫބަރު 2020) ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް ހުޅުވާލައިފީމެވެ.
“ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ 5 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވާ ވަސީލަތް (މީޑިއަމް) ތައް ތިރީގައި މިވަނީއެވެ.
ވީމާ، ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި 04 އޮކްޓޫބަރު 2020 ގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ “ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތީން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅުމަށް ދަންނަވެމެވެ. ލައިސަންސަށް އެދި ހުށަހަޅާ ފޯމް މިކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިފޯމު ކޮމިޝަނުގެ ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ.
އަދި، ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓެއްގައި ދޫކުރުމަށާއި، މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓަށް (އެއްވެސް އަގަކާނުލައި) ބަދަލުކުރުމަށް މިއަދުން (04 އޮކްޓޫބަރު 2020) ފެށިގެން 3 އެޕްރީލް 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާފައިވާކަން އަންގަމެވެ. އަދި، ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަސްލު ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ގެއްލިފައި ނުވަތަ ހަލާކުވެފައިވާނަމަ، އެކަން ބަޔާންކޮށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އައު ފޯމެޓްގައި ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
17 ޞަފަރު 1442
04 އޮކްޓޫބަރު 2020