August 29, 2017
ނަންބަރު: 427-LCM/CIR/2017/14
ސަރކިއުލަރ
ބްރޯޑްކާސްޓްކުރަން ފަށައިފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާޠިލުވުން
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) އާއި ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 19 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށަންވާނެ ތާރީޚަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީހުކަމުގައި ކަނޑައަޅައި، އަދި މި ތާރީޚުގެ ފަހުން އިތުރަށް ހިނގާ 12 މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ، ލައިސަންސް ބާތިލްވާނޭކަމަށް ބަޔާންކޮށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)427-LCM/PRIV/2013/6 (21 ފެބްރުއަރީ 2013) އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
2015 ވަނަ އަހަރު ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މަތީގައި ބަޔާންކުރެވުނު ގޮތުގެ މަތިން 2017 ވަނަ އަހަރު ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ޗެނަލެއް ފަށާފައިވާނަމަ، ފަށާފައިވާ ތާރީޚް އާއި މީޑިއަމް މި ކޮމިޝަނަށް އެންގެވުން އެދެމެވެ.
ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި މި ވަނީ މިހާތަނަށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވާ ތާރީޚާއި، ބްރޯޑްކާސްޓްކުރަން ނުފެށުމުގެ ސަބަބުން ލައިސަންސް ބާތިލުވާނޭ ތާރީޚެވެ.
# | ކުންފުނި | ޗެނަލް | ލައިސަންސް ދޫކުރި ތާރީހް | ބްރޯޑްކާސްޓްކުރަން ނުފަށައިފި ނަމަ ލައިސަންސް ބާތިލްވާނޭ ތާރީހް |
1 | ޕަބްލިކް ސަރވިސް މީޑިއާ | މޯލްޑިވްސް ޓީވީ | 08 ސެޕްޓެމްބަރ 2015 | 08 ސެޕްޓެމްބަރ 2017 |
2 | ޕަބްލިކް ސަރވިސް މީޑިއާ | ސަރިންދާ | 08 ސެޕްޓެމްބަރ 2015 | 08 ސެޕްޓެމްބަރ 2017 |
3 | ޑްރީމް ނެޓްވާރކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް | ގޯޕްލަސް | 9 ސެޕްޓެމްބަރ 2015 | 9 ސެޕްޓެމްބަރ 2017 |
4 | ޑްރީމް ނެޓްވާރކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް | ގޯކާސްޓް | 9 ސެޕްޓެމްބަރ 2015 | 9 ސެޕްޓެމްބަރ 2017 |
5 | މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް | ދި މިއުޒިކް | 15 ސެޕްޓެމްބަރ 2015 | 15 ސެޕްޓެމްބަރ 2017 |
6 | އާރކް އެކްސް ޕްރައިވެޓް ލިމިޓެޑް | ދިވެހި ޗެނަލް | 14 ސެޕްޓެމްބަރ 2015 | 14 ސެޕްޓެމްބަރ 2017 |
7 | އަކޯޔާ ޕްރައިވެޓް ލިމިޓެޑް | ސަންގު އެކްސްޓްރާ | 14 ސެޕްޓެމްބަރ 2015 | 14 ސެޕްޓެމްބަރ 2017 |
8 | ރެއިޒްކްރޯން ޕްރައިވެޓް ލިމިޓެޑް | ނިއުސް ޓީވީ | 19 އޮކްޓޯބަރ 2015 | 19 އޮކްޓޯބަރ 2017 |
9 | ޓްރާންސް އޯޝަން ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް | ޗެނަލް އޯޝަން | 19 އޮކްޓޯބަރ 2015 | 19 އޮކްޓޯބަރ 2017 |
10 | އައްޑޫ ޓީވީ ޕްރައިވެޓް ލިމިޓެޑް | އައްޑޫ ޓީވީ | 9 ސެޕްޓެމްބަރ 2015 | 9 ސެޕްޓެމްބަރ 2017 |
11 | އައިކޮމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް | ވީޑިއޯ 24 ސެވްން | 15 ސެޕްޓެމްބަރ 2015 | 15 ސެޕްޓެމްބަރ 2017 |
12 | އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑް | ރާއްޖެ ޕްލަސް | 9 ސެޕްޓެމްބަރ 2015 | 9 ސެޕްޓެމްބަރ 2017 |
13 | ޖޭޓީވީ ޕްރައިވެޓް ލިމިޓެޑް | ޖޭޓީވީ | 15 ސެޕްޓެމްބަރ 2015 | 15 ސެޕްޓެމްބަރ 2017 |
ވީމާ، ބްރޯޑްކާސްޓްކުރަން މިހާތަނަށް ނުފަށާ ހުރި ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް މިކަން ގެނައުމާއެކު ޢާންމުކޮށް އަންގަމެވެ.
29 އޯގަސްޓް 2017