ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން

February 16, 2017

އިއުލާން

                                                    ނަންބަރު:IUL)427-LCM/1/2017/5)

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން 

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ. މި ގޮތުން، މިހާތަނަށް އިސްލާހުކުރުމުގެ މަސައްކަތް ނިމިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ ވަނީ ކޮމިޝަނުން އެކުލަވާލާފައެވެ. މި ދެލިކޮޕީ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވުމާއެކު، އެ ދެލިކޮޕީ މިހާރު ވަނީ ކޮމިޝަނުގެ ވެބްސައިޓުގައި ހިމަނާފައެވެ.

ވީމާ، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 މާރިޗު 2017ގެ 15:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް މި ކޮމިޝަނުގެ އީމެއިލް: info@broadcom.org.mv އަށް ފޮނުވުމަށް އެދި ދަންނަވަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއާއި ކޮމެންޓްކުރާ ފޯމު މި އިޢުލާނާ އެކު މިވަނީއެވެ.

އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމާއި، އެ ގަވާއިދު ގެ އިސްލާހު އަވަސް ފުރުސަތެއްގައި ނިންމުމަށްފަހު ކޮމެންޓްކުރުމަށް ފުރުޞަތު ހުޅުވާލާނެކަން ވެސް ދެންނެވީމެވެ.

 

16 ފެބުރުވަރީ 2017