މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

May 13, 2025

ނަންބަރު: (IUL)427-OPR/1/2025/18

އިޢުލާނު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުންގެންދާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ބޭއްވުމުގެ ހުރިހާ އިންތިޒާމެއް އަމިއްލަ ޚަރަދުގައި ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މި އެވޯޑާއި ގުޅޭ  މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައި ވާނެ އެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި

  1. މަސައްކަތްކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށް ހުށަހަޅާ ލެޓަރ އޮފް އިންޓެންޓް.
  2. ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު ނުވަތަ ޕްރޮފައިލް.
  3. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ.
  4. ލިބިފައިވާ ތަޖުރިބާ އާއި ގުޅުންހުރި ލިޔުންތައް.
  5. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ/ ޖީ.އެސް.ޓީ ރަޖިސްޓަރ ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ.

ތަފްސީލް: މަޢުލޫމާތު ސާފުކުރުން

ތާރީޙް: 22 މޭ 2025 (ބުރާސްފަތި)

ގަޑި:  10:00

ތަފްސީލް: އަންދާސީ ހިސާބު ހުށަހެޅުން

ތާރީޙް:   29 މޭ 2025

ގަޑި: 10:00

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

އީމެއިލް: info@broadcom.org.mv

reception@broadcom.org.mv

ފޯނު: 3334333 / 3334327

13 މޭ 2025