ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުންނާ މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ހޯދުމާއި ގުޅޭ

May 5, 2021

ސަރކިއުލަރ

ނަންބަރު:427-LCM/CIR/2021/9

ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުންނާ މުއާމަލާތްކުރާނެ އިސް ފަރާތުގެ މައުލޫމާތު ހޯދުމާއި ގުޅޭ

ގަވާއިދު ނަންބަރު: 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 7 ވަނަ މާއްދާ އަދި ގަވާއިދު ނަންބަރު:  2019/R-179(ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 10 ވަނަ މާއްދާގެ ދަށުން މި ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ލައިސަންސް ލިބޭ ކޮންމެ ފަރާތަކުންވެސް “މުޢާމަލާތު ކުރާނެ އިސް ފަރާތެއް” ކަނޑައަޅާ އެ ފަރާތުގެ މައުލޫމާތު ކޮމިޝަނަށް އެންގުމަށާއި، މުޢާމާލަތްކުރާނެ އިސްފަރާތް ބަދަލުކުރާނަމަ، ނުވަތަ ވަގުތީގޮތުން އެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރާނަމަ، އެކަން ކުރަންވާނީ ކޮމިޝަނަށް އެންގުމަށްފަހުގައި ކަމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނުނުގެ ދަށުން ހަދާފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އަދި ރީބްރޯޑްކާސްކުރުމުގެ ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައި ވީނަމަވެސް، ކޮމިޝަނުން މިހާތަނަށް ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް އަމަލުކުރަމުން ނުދާކަމަށް މި ކޮމިޝަނަށް ފާހަގަކުރެވިފައިވާތީއާއި ކޮމިޝަނުން އެކި ފަހަރު މަތިން ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކާއި މުޢާމަލާތުކުރުމަށް ހުރަސްތަކެއް ދިމާވެފައިވާތީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުޢާމާލާތު ކުރާނެ އިސްފަރާތުގެ އެންމެ ފަހުގެ މަޢުލޫމާތު މި ސަރކިއުލަރއާ އެއްކަރުދާސްކުރެވިފައިވާ “މުޢާމަލާތްކުރާނެ އިސް ފަރާތުގެ މަޢުލޫމާތު ފޯމު” މެދުވެރިކޮށް 01 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ކޮމިޝަންގެ އީމެއިލް info@broadcom.gov.mv  މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

05 މެއި 2021