ބްރޯޑްކާސްޓްކުރުމުގައި ވަނަން ބޭނުންކުރުމާއި ގުޅޭ

September 6, 2012

ނަންބަރު:427-LCM/CIR/2012/14

ސަރކިއުލަރ

(މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަންބަރު: 427-LCM/CIR/2012/12 (04 ސެޕްޓެމްބަރ 2012) ސަރކިއުލަރ އަށް އިސްލާހު ގެނެސްފައި)

ބްރޯޑްކާސްޓްކުރައްވާ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބްރޯޑްކާސްޓްކުރުމުގައި، ފަރުދުންނަށާއި ޖަމާޢަތްތަކާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުގެ ނަން އަދި މުއައްސަސާތަކުގެ ނަން ބޭނުން ކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން، ވަނަން ބޭނުން ކުރައްވާކަން މި ކޮމިޝަނަށް ފާހަގަކުރެވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ 1 ވަނަ މިންގަނޑުގައި މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާ ފަދަ ނުވަތަ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރަން ބަޔާންކޮށްފައިވާނެއެވެ.

ވީމާ، ބްރޯޑްކާސްޓްކުރައްވާ ކޮންމެ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ދާއިރާގެ ތެރޭގައި ހިފަހައްޓާފައިވާ ކޮންޓެންޓަކަށް ހެދުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

19 ޝައްވާލް 1433

6 ސެޕްޓެމްބަރ 2012