October 8, 2024
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓުސަލް މުބާރާތް “ބްރޯޑްކާސްޓް ކަޕް 2024” އޮކްޓޫބަރު 11-12 ބޭއްވުމަށް ކޮމިޝަނުން ނިންމައިފި އެވެ.
ބްރޯޑްކާސްޓް ކަޕަކީ ކޮންމެ އަހަރެއްގެ 4 އޮކްޓޫބަރުގައި ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ކޮމިޝަނުން ބާއްވާ ކަޕެކެވެ.
މި އަހަރުގެ ބްރޯޑްކާސްޓް ކަޕްގެ ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ބައިވެރިވެފައި އެވެ.
މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގައި ތިރީގައި މިވާ ޗެނަލްތަކުގެ ޓީމުތައް ބައިވެރިވެ އެވެ.
މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމެވެ.
ބްރޯޑްކާސްޓް ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންގެ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މި މުބާރާތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވުމަކީ މި މުބާރާތަށް ލިބޭ ފުރިހަމަކަމެކެވެ.
2023 ވަނަ އަހަރުގެ ބްރޯޑްކާސްޓްކަޕްގައި ބައިވެރި ޗެމްޕިއަންކަން ހޯދާފައިވަނީ ޔޭސްޓީވީ އެވެ. އަދި ރަނަރަޕް ޓީމަކީ އައިސްޓީވީ އެވެ.