March 24, 2014
427-/LCM/CIR/2014/5 ނަންބަރު:
ސަރކިއުލަރ
ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން
ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓް ކުރަންވާނެކަން ބަޔާންކުރުމާއިއެކު ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގައި ލައިސަންސް ދިނުމުގެ ޢާންމުޝަރުޠު ތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީ ހިނދު، ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސް މި ރިޕޯޓް ހުށަނާޅައެވެ. އަހަރީ ރިޕޯޓް ހުށަހެޅުމަށްވާނީ ހުރިހާ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކަށްވެސް މިކޮމިޝަންގެ ނަންބަރު:427-LCM/CIR/2014/02 ސަރކިއުލަރިއން 13 ފެބްރުވަރީ 2014 ގައި ހަނދާންކޮށްދީފައެވެ.
ވީމާ، މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން 10 އޭޕްރީލް 2014 ވާ (ބުރާސްފަތި) ދުވަހުގެ ކުރިން ބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2013ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ފޮނުއްވާ ދެއްވުން އެދެމެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓްގައި ހިމަންނަންޖެހޭ ބައިތަކެވެ.
29 ޖުމާދަލްއޫލާ 1435
26 މާރިޗް 2014