ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލްވުން

August 20, 2014

ނަންބަރު:  (IUL)427-LCM/1/2014/46

އިއުލާން

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލްވުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާތިލުވާނެކަން ބަޔާންކޮށްފައިވާތީ އާއި މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން ފެށިގެން 12 މަސް ހަމަވާ ތާރީހަކީ ހިދުމަތް ފެށުމަށް ކަނޑައަޅާ ތާރީހްކަމަށާއި އަދި މީގެ އިތުރަށް ހިނގާ 12 މަސް ދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާތިލްވާނެކަން މި ކޮމިޝަނުގެ ނަމްބަރ.  IUL)427-LCM/PRIV/2013/6) (21 ފެބްރުއަރީ 2013)  އިއުލާން އިން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލްއިން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެފައިވާކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ.

ޗެނެލްގެ ނަން:  ވީ ޓީ ވީ އެކްސްޓްރާ

ލައިސަންސް ދޫކޮށްފައިވާ ކުންފުނި:      އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް

ލައިސަންސް ނަންބަރު:  427-LCM/CML(TV)/2012/27

ލައިސަންދޫކޮށްފައިވާ ތާރީން:         15 މާރޗް 2012

ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހް: 15 މާރޗް 2013

ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާތިލްވާ ތާރީހް: 15 މާރޗް 2012

ކުންފުނީގެ މަސްއޫލްވެރިން:

  1. އަލްފާޟިލް އަލި ރަޝީދު އަދަމް، ނޫވިލު/އދ.މާމިގިލި (ހިއްސާދާރެއް)
  2. އަލްފާޟިލް އަބްދުﷲ ހަންނާން އިބްރާހިމް، ލިލިމާ/އދ.މާމިގިލި (ހިއްސާދާރެއް)

23 ޝައްވާލް 1435

20 އޯގަސްޓް 2014