ޓީވީ 5 ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވުން

April 20, 2014

ނަންބަރު:  (IUL)427-LCM/1/2014/29

އިއުލާން

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލްވުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާތިލުވާނެކަން ބަޔާންކޮށްފައިވާތީ އާއި މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން ފެށިގެން 12 މަސް ހަމަވާ ތާރީޚަކީ ހިދުމަތް ފެށުމަށް ކަނޑައަޅާ ތާރީޚު ކަމަށާއި އަދި މީގެ އިތުރަށް ހިނގާ 12 މަސް ދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާތިލްވާނެކަން މި ކޮމިޝަނުގެ ނަމްބަރ.  IUL)427-LCM/PRIV/2013/6) (21 ފެބްރުއަރީ 2013) އިއުލާނުން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލްއިން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެފައިވާކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ.

ޗެނެލްގެ ނަން:  ޓީވީ 5

ލައިސަންސް ދޫކޮށްފައިވާ ކުންފުނި:      ޓީވީ 5 ޕްރައިވެޓް ލިމިޓެޑް

ލައިސަންސް ނަންބަރު:  427-LCM/CML(TV)/2012/03

ލައިސަންދޫކޮށްފައިވާ ތާރީން:         17 އޭޕްރިލް 2012

ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހް:   17 އެޕްރީލް 2013

ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާތިލްވާ ތާރީހް: 17 އެޕްރީލް 2014

ކުންފުނީގެ މަސްއޫލްވެރިން:

  1. އަލްފާޟިލް ޝިހާމް މުހައްމަދު ވަހީދު، ހ.އާޒާދުވާދީ (ޑިރެކްޓަރ، ހިއްސާދާރެއް)
  2. އަލްފާޟިލް ޙުސެއިން މޙައްމަދު، ގ. ލިއެނާ (ހިއްސާދާރެއް)
  3. އަލްފާޟިލް މުޙައްމަދު ސަލީމް، ގ. ލަންކާ (ހިއްސާދާރެއް)
  4. އަލްފާޟިލް މުޙައްމަދު ނަޞްރު، އެޅެހިށިގެބޭރުގެ. ސ.ހުޅުދޫ (ހިއްސާދާރެއް)

20 ޖުމާދުލް އާޚިރް 1435

20 އޭޕްރިލް 2014