ބްރޯޑްކާސްޓިންގ ފްރީކްއެންސީގެ ރަޖިސްޓްރީތަކާ ކޮމިޝަނުން ޙަވާލުވުން

January 20, 2014

ނަންބަރު: IUL427-LCM/427/2014/1

އިޢުލާން

    ބްރޯޑްކާސްޓިންގ ފްރީކްއެންސީގެ ރަޖިސްޓްރީތަކާ ކޮމިޝަނުން ޙަވާލުވުން

ކުރީގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން 2007 އަދި 2008 ވަނަ އަހަރު، ޓެރެސްޓީރިއަލް ބްރޯޑްކާސްޓް ކުރުމަށް އެކި ފަރާތްތަތަކަށް ދޫކޮށްފައިވާ ފްރީކްއެންސީގެ ރަޖިސްޓްރީތައް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެމެދު ވެފައިވާ އެމް.އޯ.ޔޫ އެއްގެ ދަށުން، 26 ޑިސެމްބަރ 2013 ވަނަ ދުވަހު ވަނީ މި ކޮމިޝަނާ ޙަވާލުކޮށްފައެވެ.

މި ބަދަލާ ގުޅިގެން ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ކުރިން ދޫކޮށްފައިވާ ފްރީކްއެންސީތަކާ ބެހޭ އެންމެހައި ކަންކަން ދެން ބަލަހައްޓަމުން ގެންދާނީ މި ކޮޝަނުން ކަމުގައި ދެންނެވީމެވެ.

އަދި މިގޮތުގެ މަތިން މިކޮމިޝަނާ ހަވާލުކޮށްފައިވާ ފްރީކުއަންސީ ތަކާއި ފްރީކުއަންސީ ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މި އިޢުލާނާއި އެޓޭޗް ކުރެވިފައި މިވަނީ އެވެ.

frequecy holders

ވީމާ، މި ދެންނެވި ފްރީކްއެންސީތަކުގެ އަހަރީ ފީ ކުރިއަށް އޮތްތާނގައި މި ކޮމިޝަނަށް ދެއްކެވުމަށާއި ބްރޯޑްކާސްޓިންގ ފްރީކްއެންސީއާބެހޭ ކަންކަމާގުޅޭ ގޮތުން މި ކޮމިޝަނާ މުޢާމަލާތު ކުރެއްވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

19 ރަބީޢުލްއައްވަލު 1435

20 ޖަނަވަރީ 2014