ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

March 19, 2015

ނަންބަރު: 427-LCM/CIR/2015/6

ސަރކިއުލަރ 

ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓް ކުރަންވާނެކަން ބަޔާންކުރުމާއިއެކު ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގައި ލައިސަންސް ދިނުމުގެ ޢާންމުޝަރުޠު ތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީ ހިނދު، ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސް މި ރިޕޯޓް ވަނީ ހުށަނާޅައެވެ.

ވީމާ، މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން 30 މާރޗް 2015 ވާ (ހޯމަ) ދުވަހުގެ ކުރިން ބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2014ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ފޮނުއްވާ ދެއްވުން އެދެމެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓްގައި ހިމަންނަންޖެހޭ ބައިތަކެވެ.

1.      ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން.

2.      ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު.

3.      ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް.

4.      ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު މިންވަރު.

5.      ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓް/ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)

6.      ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް.

7.      ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލް ކުރެވިފައިވާ މިންވަރު.

8.      ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް.

28 ޖުމާދަލްއޫލާ 1436

 19 މާރިޗް 2015