December 29, 2013
އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން ( އޭބީޔޫ)ގެ އެފިލިއޭޓް މެންބަރެއްގެ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިނގް ކޮމިޝަން ހިމެނިއްޖެއެވެ.
އޭބީޔޫ އަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށާއި ރޭޑިއޯ/ޓީވީގެ ކުރިއެރުވުމަށާއި ބައިނަލްޢަޤްވާމީ ޕްލެޓްފޯމެއްގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ބްރޯޑްކާސްޓަރުން ގުޅުން ބަދަހިކުރުމުށާޢި އެއްބާރުލުން އިތުރުކުރުމުގެ މަޤްސަދުގައި 1964 ގައި އުފައްދާފައިވާ ޖަމާއަތެކެވ. ރާއްޖޭގެ އިތުރުން އޭބީޔޫ އަށް ނިސްބަތްވާ ޖުމްލަ 254 ޤައުމު އޮވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން އޭބީޔޫގެ މެންބަރަކަށްވުމުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށާއި އިންސާނީ ވަސީލަތް ބިނާކުރުމަށް ލިބިގެންދާ މުޙިއްމު ފުރުސަތެކެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބްރޯޑްކާސްޓަރުންނާއި އެކު މަސައްކަތް ކުރުމަށްވެސް ލިބިގެންދާނެ މުޙިއްމު ފުރުސަތެކެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވަނީ އެބީޔޫގެ މެންބަރަކަށް ބްރޯޑްކާސްޓިންގ ކޮމިޝަންވުމުން އޭބީޔޫގެ ސެކްރެޓެރީ ޖެނެރަލަށް މެސްޖްކުރައްވާ އިޙްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާފައެވެ. އަދި ކޮމިޝަނުގެ ރައީސްގެ މެސެޖުގައި އޭބީޔޫ ގެ އެފިލިއޭޓް މެންބަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އޭބީޔޫ އަށް ލިބެގެންދާނޭ ކަމާއި، އޭބީޔޫގެ ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ބްރޯޑްކާސްޓީންގ ދާއިރާއަށް މަންފާކުރާނޭކަމަށް ޔަގީންކުރައްވާކަމާއި، އޭބީޔޫގެ މެމަބަރަކަށްވުމުން މިހާރަށްވުރެ ހަރުދަނާ ގުޅުމެއް ކުރިއަށް އޮތްތާގައި އުފެދިގެންދާނޭ ކަމަށް ވިދާޅުވެފައި ވެއެވެ.