May 14, 2013
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކުރާ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފިއެވެ.
ތިރީގައި މިވަނީ ކޮމިޝަނުން މިކަމާއި ގުޅިގެން ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޮނުވި ސާރކިއުލަރ އެވެ.
“ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ)ގައި ލައިސަންސް ދޫކުރުމުގެ ޝަރުތުތަކަށް އަމަލުކުރަމުންދާ މިންވާރާއި، އެފަރާތްތަކުން ހިންގާ ހަރަކާތްތަކާގުޅޭ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓްކުރަންވާނެކަން ބަޔާންކުރުމާއިއެކު ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސްދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައި ވީހިނދު ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސްވަނީ މި ރިޕޯޓް ހުށަނާޅައެވެ. އަހަރީ ރިޕޯޓް ހުށަހެޅުމަށްވާނީ ހުރިހާ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކަށްވެސް 13 ފެބްރުއަރީ 2013ގައި ނަންބަރު: 427-LCM/CIR/2013/1 ސަރކިއުލަރއަކުން ހަދާންކޮށްދީފައެވެ.
“ވީމާ މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން 19 މެއި 2013ވާ (އާދިއްތަ) ދުވަހުގެ ކުރިން، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 44ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން 2012ގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ފޮނުވާދެއްވުން އެދެމެވެ.”
1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން
2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު
3. ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް
4. ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު ނިސްބަތް
5. ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްޞީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓުން/ ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)
6. ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް
7. ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ހާޞިލު ކުރެވިފައިވާ މިންވަރު
8. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް