December 22, 2022
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށާއި އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އިނާމު ދިނުމުގެ ގޮތުން “ސްޓާފް ނައިޓް 2022” މިރޭ ބާއްވައިފައެވެ.
މި ހަފްލާގައި، އިނާމު ދީފައިވަނީ 2022 ވަނަ އަހަރުގެ ހާޒިރީއަށް އެންމެ ރަގަޅު މުވައްޒަފުންނަށާއި، ކޮމިޝަނަށް 10 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އިތުރުން ކޮމިޝަންގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަށް ދެވޭ “ސްޓާފް އޮފް ދި އިޔަރ 2022” އެވެ.
2022ވަނަ އަހަރުގެ “އެޓެންޑެންސް އެވޯޑް” ހާސިލްކުރައްވާފައިވަނީ ޑިރެކްޓަރ، އެޗް.އާރ.އެންޑް އެޑްމިން، އަޙްމަދު ރާޝިދާއި، އެޗް.އާރ.އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ޙަސަނާއި، މޮނިޓަރިންގ އެންޑް އެންޖިނިއަރިންގ އޮފިސަރ މުޙައްމަދު ޒަޢީމާއި، ލައިސަންސިންގ އޮފިސަރ ޝިމްލާ މުޙައްމަދު ވަހީދާއި، އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ މުޙައްމަދު ޞަފްވާން އަޙްމަދު އާދިލާއި، ކޮމްޕްލެއިންޓްސް އޮފިސަރ އަލްއުސްތާޛާ ހަނާ ނަޢީމާއި، ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝަތު ހާދިޔާ މުޙައްމަދާއި ސަޕޯޓް ސްޓާފް ފާޠިމަތު ރާބިޔާއާއި ސަޕޯޓް ސްޓާފް ފާޠިމަތު ޝަރީފާއެވެ.
ކޮމިޝަނަށް 10 އަހަރު ދުވަހު ޚިދުމަތްކުރައްވައި، ދިގު މުއްދަތުގެ ޚިދުމަތުގެ އިނާމު ޙާސިލްކުރައްވާފައިވާ މުވައްޒަފުންނަކީ، ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީއާއި އޮފީސް އެސިސްޓަންޓް އާދަމް މަނިކެވެ.
އަދި އަހަރުގެ ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަށް ދެވޭ “ސްޓާފް އޮފް ދި އިޔަރ” އެވޯޑް ހާސިލްކުރައްވާފައިވަނީ މޮނިޓަރިންގ އެންޑް އެންޖިނިއަރިންގ އޮފިސަރ މުޙައްމަދު ޒައީމެވެ.