ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގެ ބަސްމަގު އާންމު އިޖުތިމާޢީ މިންގަނޑާ އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރުން

January 26, 2023

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2023/2

ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގެ ބަސްމަގު އާންމު އިޖުތިމާޢީ މިންގަނޑާ އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރުން

 

ބައެއް ބްރޯޑްކާސްޓް ޗެނަލްތަކުން މިހާރު ގެނެސްދޭ ބައެއް ކޮންޓެންޓްގެ ބަސްމަގު ހުންނަނީ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޢާންމު އިޖުތިމާޢީ މިންގަނޑާއި އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ބްރޯޑްކާސްޓް ކޮންޓެންޓް ގެނެސްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.

 

      26 ޖެނުއަރީ 2023