March 28, 2017
ޝަކުވާ ހުށަހެޅި ތާރީޚު: 26 ފެބުރުވަރީ 2017
ޚުލާސާ: މިއީ، އިހަވަންދޫ ކޭބަލް ޓީވީ ސަރވިސަރސްގެ ފަރާތުން ވަޔަރލެސްކޮށް ހއ. މާރަންދޫ، ހއ. ވަށަފަރު އަދި ހއ. ހޯރަފުއްޓަށް ކޭބަލްޓީވީގެ ޚިދުމަތް ދޭކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: މައްސަލައިގެ ތަހުގީގަށް ހއ. މާރަންދޫ، ހއ. ވަށަފަރު އަދި ހއ. ހޯރަފުށި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު އިހަވަންދޫ ކޭބަލް ޓީވީ ސަރވިސަރސްގެ ފަރާތުން ޝަކުވާގައި ބަޔާންކޮށްފައިވާ ރަށްރަށުގައި ޚިދުމަތްދޭކަން ސާބިތުވާން ނެތުމުން، އިހަވަންދޫ ކޭބަލް ޓީވީ ސަރވިސަރސްގެ ފަރާތުން އެ ރަށްރަށުގައި ޚިދުމަތްދޭކަމަށް ބެލެވެން ނެތްކަމަށް ބަލައި، މި މައްސަލަ މިގޮތަށް ނިންމާފައި.
28 މާރިޗު 2017