May 8, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 28 މާރިޗު 2018
ހުލާސާ: މިއީ ދ. ކުޑަހުވަދޫގައި ޑިޝް ޓީވީ، އެއާރ ޓެލް އަދި ވީޑިއޯކޮން މެދުވެރިކޮށް ޣަފޫރު ކެވެލި ކޭބަލް ނެޓުން ލައިސަންސެއް ނެތި، ފްރީ ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުން ދާ ކަމަށް ބުނެ، 28 މާރިޗު 2018 ގައި ހުށަހަޅައިފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
ދ. ކުޑަހުވަދޫގައި ޑިޝް ޓީވީ، އެއާރ ޓެލް އަދި ވީޑިއޯކޮން މެދުވެރިކޮށް ޣަފޫރު ކެވެލި ކޭބަލް ނެޓުން ލައިސަންސެއް ނެތި، ފްރީ ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުން ދާ ކަމަށް ބުނެ 28 މާރިޗު 2018 ގައި ކޮމިޝަނަށް ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ފުރުސަތުތަކެއް ދީފައިވާކަމާއި؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑަކީ ދ. ކުޑަހުވަދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް 17 އޮގަސްޓު 2013 ގައި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި، 7 އޮގަސްޓް 2013 ގައި ކޮމިޝަނުން 15 (ފަނަރަ) ޗެނަލް (ރާއްޖެ ޓީވީ، ވީ.ޓީ.ވީ، ދި ޓީވީ، ޓީ.ވީ.އެމް، ކާރޓޫން ނެޓްވާރކް، ޓޫނަމީ، ޒޫމް އިންޑިއާ، ސްޓަރ ގޯލްޑް އިންޓަރނޭޝަނަލް، ސްޓަރ ޕްލަސް އިންޑިއާ، ސޮނީ ޓީވީ، ސްޓަރ ސްޕޯޓްސް، އީ.އެސް.ޕީ.އެން، އީ.އެސް.ޕީ.އެން އޭޝިއާ، ސީ.އެން.އެން އަދި ޓެން ސްޕޯޓްސް) ހިމެނޭނެހެން ބޭސިކް ޕެކޭޖް ފާސްކޮށްދީފައިވާކަމާއި، މި ތާރީޚުގައި ޑީކޯޑަރު އަގު ފާސްކުރުމަށް ހުށަހަޅާފައިނުވާކަމާއި؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން 9 އެޕްރީލް 2018 ގައި ދެ ޕެކޭޖް (ބޭސިކް ޕެކޭޖް: 22 (ބާވީސް) ޗެނަލްގެ މައްޗަށް އެކުލެވޭ އަދި ގޯލްޑް ޕެކޭޖް: 48 (ސާޅީސް އަށެއް) ޗެނަލްގެ މައްޗަށް އެކުލެވޭ) އަދި ޑީކޯޑަރުގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅައިފައިވާކަމާއި، މި އަގުތައް 25 އެޕްރީލް 2018 ގައި ކޮމިޝަނުން ފާސްކޮށްދީފައި ވީނަމަވެސް؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޓެސްޓް ސިގްނަލެއްގެ ގޮތުން 48 (ސާޅީސް އަށެއް) ޗެނަލެއްގެ ޚިދުމަތް ދެމުންދާކަމަށާއި، ޚިދުމަތް ޓެސްޓް ކުރުމުގެ ގޮތުން ޑީކޯޑަރު ވިއްކަމުން ގޮސްފައިވާކަމަށާއި، ޑީކޯޑަރުގެ އަގަކީ، ގެއަކަށް ފުރަތަމަ ގުޅާ ޑީކޯޑަރަކަށް 170ރ (އެއް ސަތޭކަ ހަތްދިހަ ރުފިޔާ) ކަމަށާއި، އެގެޔަކަށް އިތުރަށް ގުޅާ ޑީކޯޑަރަކަށް 100ރ (އެއް ސަތޭކަ ރުފިޔާ) ކަމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން 25 ޖަނަވަރީ 2018 ގައި އިޢުތިރާފުވެފައިވާތީއާއި؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި 49 (ސާޅީސް ނުވައެއް) ޗެނަލްގެ ޚިދުމަތް ދެމުންދާކަމާއި، ވަކި ޕެކޭޖްތަކެއް ހަދައިގެން ޚިދުމަތް ދެމުން ނުދާކަމާއި، ޚިދުމަތް ދެމުންދަނީ މަހު ފީ އެއްގެ ގޮތުގައި 170ރ (އެއް ސަތޭކަ ހަތްދިހަ ރުފިޔާ) އަށް ކަމާއި، 500ރ (ފަސް ސަތޭކަ ރުފިޔާ) އަށް ޑީކޯޑަރެއްގެ މަގުން ޑީކޯޑަރު ވިއްކަމުން ދާކަމަށް ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހަވަދޫ ކައުންސިލްގެ އިދާރާއިން 19 އެޕްރީލް 2018 ގައި މައުލޫމާތު ދީފައިވާތީ؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 47 (ސާޅީސް ހަތެއް) ޗެނަލެއް ހިމަނާފައިވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު R-20/2012 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 47 (ސާޅީސް ހަތެއް) ޗެނަލަށް ޖުމްލަ 94,000ރ (ނުވަދިހަ ހަތަރުހާސް ރުފިޔާ) އިން ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑަށް 7 އޮގަސްޓް 2013 ގައި ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ފާސްކޮށްފައިވާ ޕެކޭޖަކީ (ރާއްޖެ ޓީވީ، ވީ.ޓީ.ވީ، ދި ޓީވީ، ޓީ.ވީ.އެމް، ކާރޓޫން ނެޓްވާރކް، ޓޫނަމީ، ޒޫމް އިންޑިއާ، ސްޓަރ ގޯލްޑް އިންޓަރނޭޝަނަލް، ސްޓަރ ޕްލަސް އިންޑިއާ، ސޮނީ ޓީވީ، ސްޓަރ ސްޕޯޓްސް، އީ.އެސް.ޕީ.އެން، އީ.އެސް.ޕީ.އެން އޭޝިއާ، ސީ.އެން.އެން އަދި ޓެން ސްޕޯޓްސް) 15 (ފަނަރަ) ޗެނަލް ހިމެނޭ “ބޭސިކް ޕެކޭޖް” ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެކޭޖުގައި ހިމަނާފައިވާ ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނައުމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ހުށަހަޅައިފައިވަނީ 9 އެޕްރީލް 2018 ގައި ކަމަށްވުމާއި، ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޓެސްޓް ސިގްނަލެއްގެ ގޮތުން 48 (ސާޅީސް އަށެއް) ޗެނަލެއްގެ ޚިދުމަތް ދެމުންދާކަމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން 25 ޖަނަވަރީ 2018 ގައި އިޢުތިރާފުވެފައިވާތީ، ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް އެންގުމަކާއި ނުލައި ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޑީކޯޑަރުގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅައިފައިވަނީ 9 އެޕްރީލް 2018 ގައި ކަމަށްވުމާއި، ސިގްނަލް ޓެސްޓެ ކުރުމުގެ ގޮތުން ޑީކޯޑަރު ވިއްކާކަމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން 25 ޖަނަވަރީ 2018 ގައި އިޢުތިރާފުވެފައިވާތީއާއި، މިކަން ހިނގާފައިވާކަމުގެ މައުލޫމާތު ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހަވަދޫ ކައުންސިލްގެ އިދާރާއިން ކޮމިޝަނަށް ދީފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އާ ޣަރޫފު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ޚިދުމަތަކަށް ނަގާފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 98,000ރ (ނުވަދިހަ އަށްހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ އެކަން ކޮމިޝަނަށް ހުށަހެޅުމަށާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ޕީ.އެސް.އެމް ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | މުންނާރު ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ޔެސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | ޗެނަލް 13 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | ޖީ.އޯ ޕްލަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | ސީ.ޖީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | ޗެނަލް ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | ޑުބާއީ ސްޕޯޓްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ސޮނީ ސިކްސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | ސޮނީ ޓެން ސްޕޯޓްސް 3 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ބްލޫމްބާރގް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | އެން.އެޗް.ކޭ ވޯލްޑް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | އަލް-ޖަޒީރާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ނިކް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ކަލާރސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
16 | ކަލާރސް އިންފިނިޓީ އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
17 | އިންޓަރަނޭޝަނަލް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
18 | ސޮނީ ކޮމެޑީ ސެންޓްރަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
19 | ކްރައިމް އިންވެސްޓީގޭޝަން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
20 | ސޮނީ މެކްސް 2 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
21 | ބީ.ބީ.ސީ އާރތް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
22 | ސޮނީ ޓެން ސްޕޯޓްސް1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
23 | ހިސްޓްރީ ޓީވީ 18 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
24 | ސޮނީ މެކްސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
25 | ސޮނީ ޕިކްސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
26 | ސައުދީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
27 | ޒީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
28 | ވީއެޗް 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
29 | ބީފޯޔޫ މިޔުޒިކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
30 | އެމްޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
31 | ސޮނީ ރޮކްސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
32 | ރިޝްތޭ ސިނެޕްލެކްސް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
33 | ސޮނީ ޑަބްލިޔު.އޭ.އެޗް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
34 | ސޮނީ އީ.އެސް.ޕީ.އެން އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
35 | ސޮނީ ޓެން ސްޕޯޓްސް2 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
36 | ސޮނީ މިކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
37 | ސޮނީ ޓެން ގޮލްފް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
38 | ފެޝަން ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
39 | ފްރާންސް 24 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
40 | ސޮނީ ޕީ.އޭ.އެލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
41 | ޗެނަލް 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
42 | ޒިންގް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
43 | އައުޓްޑޯ ޗެނަލް އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
44 | ރަސިއާ ޓުޑޭ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
45 | ހިސްޓްރ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
46 | ރާއްޖެ ޓިވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
47 | ވީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 | 2,000ރ (ދެ ހާސް ރުފިޔާ) | |
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ޚިދުމަތަކަށް ނެގުން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 | 2,000ރ (ދެ ހާސް ރުފިޔާ) | |
ޖުމްލަ | 98,000ރ (ނުވަދިހަ އަށް ހާސް ރުފިޔާ) |
08 މޭ 2018