August 18, 2020
ޝަކުވާ ހުށަހެޅި ތާރީޙް: 22 ޖަނަވަރީ 2020
ހުލާސާ: މިއީ، ށ. ފުނަދޫ ކައުންސިލް އިދާރާއާ އަމިއްލަ ފަރާތަކާ ގުޅިގެން ލައިސަންސް ނެތި އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް، ޑިޖިޓަލް ހެޑް އެންޑް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގ ޚިދުމަތް ދެމުން ގެންދާކަމަށް ބުނެ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ށ. ފުނަދޫ ކައުންސިލް އިދާރާއާ އަމިއްލަ ފަރާތަކާ ގުޅިގެން ލައިސަންސް ނެތި އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް، ޑިޖިޓަލް ހެޑް އެންޑް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގ ޚިދުމަތް ދެމުން ގެންދާކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅައިފައިވާ މި ޝަކުވާއާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައި ވާކަމާއި؛
ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ށ. ފުނަދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި އެއަރޓެލް ޗެނަލްތަކާއި ޑައިލޮގް ޗެނަލްތައް ހިމެނޭގޮތަށް 40 (ސާޅީސް) ޗެނަލެއް ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން މައްސަލަ އަށް ޖަވާބުދާރީވެ ފޮނުވި ސިޓީން އިޢުތިރާފްވެފައިވާތީއާއި؛
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ އަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން މިހަތާނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ކަމުގައި ނުވާތީ، “މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ” އިން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން 40 ޗެނަލަށް 80,000ރ (އައްޑިހަ ހާސް ރުފިޔާ) އިން “މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ” ޖޫރިމަނާކުރުމަށާއި؛
“މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ” އިން ށ. ފުނަދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 40 (ސާޅިސް) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންދާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ “މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ”، ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 40 (ސާޅިސް) ޗެނަލަށް ޖުމްލަ 80,000ރ (އައްޑިހަ ހާސް ރުފިޔާ) އިން “މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ” ޖޫރިމަނާކުރުމަށާއި؛
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ށ. ފުނަދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ތަފާތު 2 (ދޭއް) ޕެކޭޖް ވިއްކަމުން ދާކަމާއި، ޑީކޯޑަރު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ، ކޮންމެ ފަހަރަކަށް 2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން 3 (ތިނެއް) ފަހަރަށް 6,000ރ (ހަ ހާސް ރުފިޔާ) އިން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ ޖޫރިމަނާކުރުމަށާއި؛
ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 166,000ރ (އެއްލައްކަ ފަސްދޮޅަސް ހަ ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، “މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް” އަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް މިކޮމިޝަނުން ދޫކޮށްފައިވާ ފަރާތަކަށްނުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް
“މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ” އަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ޓީވީއެމް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | ރާއްޖެ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ޕީއެސްއެމް ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | މުންނާރު ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | މޯލްޑިވްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | ސައުދީ ޤުރުއާން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | ސައުދީ 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | އަލް ޖަޒީރާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ސީއެންއެން (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | އެނިމަލް ޕްލެނެޓް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ޑިސްކަވަރީ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | ނެޓްޖިއޯ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | ނިކް ޖޭއާރް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ކާރޓޫން ނެޓްވޯކް (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ބޭބީ ޓީވީ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
16 | ލައިފް އޯކޭ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
17 | ސްޓަރ ޕްލަސް (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
18 | ޒީ ޓީވީ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
19 | ސޮނީ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
20 | ބީފޯޔޫ މިޔުޒިކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
21 | ސްޓަރ ގޯލްޑް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
22 | ސޮނީ މެކްސް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
23 | ސްޓަރ މޫވީ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
24 | އެޗްބީއޯ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
25 | ޔޫޓީވީ މޫވީސް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
26 | ސްޓަރ ވޯލްޑް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
27 | ސޮނީ އީއެސްޕީއެން (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
28 | ޓެން 1 (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
29 | ސޮނީ ސިކްސް (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
30 | ޓެން 2 (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
31 | ސްޓަރ ސްޕޯޓްސް 1 (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
32 | ކަލަރސް (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
33 | ވީއެޗް1 (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
34 | ޒިންގ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
35 | އީޓީސީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
36 | ޒީ ސިނަމާ (ޑައިލޮގް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
37 | ބީފޯޔޫ މޫވީސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
38 | ޓެން 1 އެޗްޑީ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
39 | ސްޓަރ ސްޕޯޓްސް ސިލެކްޓް 1 އެޗްޑީ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
40 | ސްޓަރ ސްޕޯޓްސް ސިލެކްޓް 2 އެޗްޑީ (އެއަރޓެލް) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
ލައިސަންސްނެތި ޙިދުމަތްދީފައިވާތީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 | 80,000ރ (ތިރީސް ހާސް ރުފިޔާ) | |
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،( ޑިކޯޑަރު) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) | 2,000ރ (ދެ ހާސް ރުފިޔާ) | |
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،( ޕެކޭޖް 1) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) | 2,000ރ (ދެ ހާސް ރުފިޔާ) | |
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،( ޕެކޭޖް 2) | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) | 2,000ރ (ދެ ހާސް ރުފިޔާ) | |
ޖުމްލަ | 166,000ރ (އެއްލައްކަ ފަސް ދޮޅަސް ހަހާސް ރުފިޔާ) |
_________________________
18 އޮގަސްޓް 2020