ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2020)

August 12, 2020

ޝަކުވާ ނަންބަރު: CAC-05/2020

ޝަކުވާ ހުށަހެޅި ތާރީޙް: 22 ޖަނަވަރީ 2020

ހުލާސާ: މިއީ، ރ. އަލިފުށީގައި ވަކިވަކި ޑިޝްއެންޓަނާ މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށްގެން ޑިޖިޓަލް ހެޑް އެންޑެއް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތައް ޓްރިޕްލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް (އަސީ ކޭބަލް ކަނެކްޝަން) ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ރ. އަލިފުށީގައި ވަކިވަކި ޑިޝްއެންޓަނާ މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށްގެން ޑިޖިޓަލް ހެޑް އެންޑެއް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތައް ޓްރިޕްލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް (އަސީ ކޭބަލް ކަނެކްޝަން) ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ 22 ޖަނަވަރީ 2020 ގައި ހުށަހަޅައިފައިވާ މި ޝަކުވާ އާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޓްރިޕްލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވީނަމަވެސް؛

މައްސަލަ ރައްދުވާ ފަރާތުން މި މައްސަލައަށް ޖަވާބުދާރީވެފައި ނުވާކަމާއި، މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މަސައްކަތްކުރެވުނު ނަމަވެސް، މައްސަލަ ނިންމުމުގައި ރިޢާޔަތްކުރެވޭނެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާތީ އާއި؛

ޝަކުވާގައި ބަޔާންކޮށްފައިވާ ތުޙުމަތުތައް ސާބިތުކުރެވޭ މިންވަރަށް ކޮމިޝަންގެ ތަހުޤީޤަށް މައުލޫމާތު ލިބިފައިނުވާތީ، ޓްރިޕްލް  އޭ.ޔޫ ޕްރައިވެޓް ލިމިޓެޑުން ރ. އަލިފުށީގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ކަނޑައަޅާ ކޮމިޝަންގެ މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

12 އޮގަސްޓް 2020

 

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2020)