August 23, 2017
ޝަކުވާ ހުށެހެޅި ތާރީޙް: 19 އެޕްރީލް 2017
ހުލާސާ: މިއީ، ހއ.ކެލާގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: އެޗް.ޑީ ކޭބަލް ޓީވީ (ހއ.ކެލާ) ގެ ފަރާތުން ފޮނުވި 07 ޖޫން 2017 އަދި 10 ޖޫން 2017 ސިޓީގައި ހއ. ކެލާގައި ވިޔަފާރި އުސޫލުން އެއްވެސް ޗެނަލެއް މިހާތަނަށް ދޫކޮށްފައިނުވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ތިލަދުއްމަތީ އުތުރުބުރީ ކެލާ ކައުންސިލުން ފޮނުވި ނަންބަރު 249-A/427/2017/3 (16 ޖުލައި 2017) ސިޓީގައި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ.ކެލާގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ގެންދަނީ އެއަރޓެލް މެދުވެރިކޮށް ކަމަށް ބަޔާންކޮށް 48 (ސާޅީސް އަށެއް) ޗެނަލް ހިމެނޭ ލިސްޓެއް ފޮނުވާފައިވާއިރު، އެ ޗެނަލްތަކުގެ ތެރޭގައި ބޭރުގެ 42 (ސާޅީސް ދޭއް) ޗެނަލެއް ހިމެނޭކަން ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވޭތީ، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ހއ.ކެލާގައި އެއަރޓެލް މެދުވެރިކޮށް ޗެނަލްތައް ދައްކާކަމުގެ މަޢުލޫމާތު ކޮމިޝަނުން ކުރި ތަޙުޤީޤަށް ލިބިފައިވާކަން ބަޔާންކޮށް، އެޗް.ޑީ ކޭބަލްޓީވީގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތަކާއި އެޗެނަލްތައް ދެއްކުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިފައިވާކަމުގެ ލިޔުން 03 އޮގަސްޓް 2017 ގެ 15:00 ކުރިން މި ކޮމިޝަނަށް ފޮނުއްވައިދެއްވުމަށް އެދި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި 23 ޖުލައި 2017 ގެ ސިޓީއަށް އެ ފަރާތުން ޖަވާބުދާރީވެފައިނުވާތީ، އެޗް.ޑީ. ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ހއ. ކެލާގައި ދެމުންގެންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި 42 (ސާޅީސް ދޭއް) ޗެނަލެއް ދައްކާފައިވާކަމަށް ކަނޑައަޅައި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް
-/2,000ރ (ދެ ހާސް ރުފިޔާ) އިން އެޗް.ޑީ ކޭބަލް (ހއ.ކެލާ) ޖޫރިމަނާކުރުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާތީ، ތިރީގައިވާ ލިސްޓްގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަސް ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | ޖޫރިމަނާގެ ޢަދަދު |
1 | އެޗް.ބީ.އޯ | -/2,000ރ (ދެ ހާސް ރުފިޔާ) |
2 | ސޮނީ އީ.އެސް.ޕީ.އެން | -/2,000ރ (ދެ ހާސް ރުފިޔާ) |
3 | ސްޓަރ މޫވީޒް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
4 | މޫވީޒް ނައު އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
5 | ސްޓަރ ގޯލްޑް އެޗް،ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
6 | ބީ.ބީ.ސީ | -/2,000ރ (ދެ ހާސް ރުފިޔާ) |
7 | ގުރުއާން ހިދާޔާ | -/2,000ރ (ދެ ހާސް ރުފިޔާ) |
8 | ޓެން 3 | -/2,000ރ (ދެ ހާސް ރުފިޔާ) |
9 | ބީ.ބީ.ސީ | -/2,000ރ (ދެ ހާސް ރުފިޔާ) |
10 | ސްޓަރ ސްޕޯޓްސް 1 | -/2,000ރ (ދެ ހާސް ރުފިޔާ) |
11 | ޒީ ސިނަމާ އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
12 | ޒީ.ޓީވީ | -/2,000ރ (ދެ ހާސް ރުފިޔާ) |
13 | ސޮނީ ރޮކްސް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
14 | ޒީ ސްޓޫޑިއޯ އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
15 | ސްޓަރ ސްޕޯޓްސް 2 އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
16 | ޑިސްކަވަރީ | -/2,000ރ (ދެ ހާސް ރުފިޔާ) |
17 | ކަލަރސް | -/2,000ރ (ދެ ހާސް ރުފިޔާ) |
18 | ސްޓަރ ސްޕޯޓްސް ސިލެކްޓް 2 | -/2,000ރ (ދެ ހާސް ރުފިޔާ) |
19 | ބީ.ފޯ.ޔޫ | -/2,000ރ (ދެ ހާސް ރުފިޔާ) |
20 | ގުރުއާން ޓީވީ | -/2,000ރ (ދެ ހާސް ރުފިޔާ) |
21 | ޕީސް ޓީވީ | -/2,000ރ (ދެ ހާސް ރުފިޔާ) |
22 | ޑިސްނީ ޖޫނިއަރ | -/2,000ރ (ދެ ހާސް ރުފިޔާ) |
23 | ޑަންލިޔު.ބީ | -/2,000ރ (ދެ ހާސް ރުފިޔާ) |
24 | ޓެން 1 | -/2,000ރ (ދެ ހާސް ރުފިޔާ) |
25 | ނިކް ޖޫނިއަރ | -/2,000ރ (ދެ ހާސް ރުފިޔާ) |
26 | މަސްތީ | -/2,000ރ (ދެ ހާސް ރުފިޔާ) |
27 | ޒީ އީ.ޓީ.ސީ | -/2,000ރ (ދެ ހާސް ރުފިޔާ) |
28 | މޫވީ އޯކޭ | -/2,000ރ (ދެ ހާސް ރުފިޔާ) |
29 | ސޮނީ ސިކްސް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
30 | ސޮނީ ސިކްސް | -/2,000ރ (ދެ ހާސް ރުފިޔާ) |
31 | ބޭބީ ޓީވީ | -/2,000ރ (ދެ ހާސް ރުފިޔާ) |
32 | އަލްޖަޒީރާ | -/2,000ރ (ދެ ހާސް ރުފިޔާ) |
33 | ސްޓަރ ޕްލަސް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
34 | ލައިފް އޯކޭ އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
35 | ނެޓް ޖިއޯ | -/2,000ރ (ދެ ހާސް ރުފިޔާ) |
36 | ޔޫ.ޓީ.ވީ މޫވީޒް | -/2,000ރ (ދެ ހާސް ރުފިޔާ) |
37 | ޓެން 2 | -/2,000ރ (ދެ ހާސް ރުފިޔާ) |
38 | އެނިމަލް ޕްލެނެޓް | -/2,000ރ (ދެ ހާސް ރުފިޔާ) |
39 | 9XM | -/2,000ރ (ދެ ހާސް ރުފިޔާ) |
40 | ސޮނީ ޕިކްސް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
41 | ސޮނީ މެކްސް | -/2,000ރ (ދެ ހާސް ރުފިޔާ) |
42 | ސޮނީ މެކްސް އެޗް.ޑީ | -/2,000ރ (ދެ ހާސް ރުފިޔާ) |
ޖުމްލަ | -/84,000ރ (އައްޑިހަ ހަތަރު ހާސް ރުފިޔާ) |
16 އޮގަސްޓު 2017