January 16, 2020
ޝަކުވާ ހުށަހެޅި ތާރީޚް: 09 ޖޫން 2019
ޚުލާސާ: މިއީ، ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓާފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި އެއަރޓެލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް، ރައިޓްސް ނެތް ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ، ކޮމިޝަނަށް ހުށަހަޅައިފައިވާ މި ޝަކުވާއާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ “ސްޕެލެންޑަރ”އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައި ވީނަމަވެސް މި މައްސަލައާ ގުޅިގެން “ސްޕެލެންޑަރ” އަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ޖަވާބުދާރީވެފައިނުވާކަމާއި؛
ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ “ސްޕެލެންޑަރ” އިން ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދިވެހި ޗެނަލްތަކާއި ސްޕޯޓްސް ޗެނަލްތަކުގެ އިތުރުން ސްޓާރ ޕެކޭޖްގެ ޗެނަލްތަކާއި އިތުރު އެހެން ޗެނަލްތައް ހިމެނޭގޮތަށް 15 (ފަނަރަ) ޗެނަލެއް ބޭނުންކޮށްގެން އެއަރޓެލް މެދުވެރިކޮށް ޚިދުމަތް ދެމުންދާކަމަށް ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓްއިން، ކޮމިޝަނަށް ދީފައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާތީއާއި،
“ސްޕެލެންޑަރ” އަކީ، ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން މިހަތާނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށްވާތީ، “ސްޕެލެންޑަރ” އިން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން
15 ޗެނަލަށް 30,000ރ (ތިރީސް ހާސް ރުފިޔާ) އިން “ސްޕެލެންޑަރ” ޖޫރިމަނާކުރުމަށާއި؛
“ސްޕެލެންޑަރ” އިން ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 15 (ފަނަރަ) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންގޮސްފައިވާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ‘ސްޕެލެންޑަރ’، ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 15 (ފަނަރަ) ޗެނަލަށް ޖުމްލަ 30,000ރ (ތިރީސް ހާސް ރުފިޔާ) އިން ‘ސްޕެލެންޑަރ’ ޖޫރިމަނާކުރުމަށާއި؛
ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 60,000ރ (ފަސްދޮޅަސް ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ލައިސަންސް ލިބިގެން މެނުވީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިއަށް ނުގެންދިއުމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް “ސްޕެލެންޑަރ” އަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ސްޓަރ ސްޕޯޓްސް ސިލެކްޓް 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | ސްޓަރ ސްޕޯޓްސް ސިލެކްޓް 2 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ކޭޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | ސްވާންނަވާހިނީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | ސޮނީ ޓެން 2 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | އެޗްބީއޯ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | ސޮނީ މެކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | ސްޓަރ ސްޕޯޓްސް 1 އެޗްޑީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ޑެރާނާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | ޔެސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ޖީޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | އެންޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | ޓީވީއެމް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ޗެނަލް އައި | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ޕީއެސްއެމް ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
ލައިސަންސްނެތި ޙިދުމަތްދީފައިވާތީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 | 30,000ރ (ތިރީސް ހާސް ރުފިޔާ) | |
ޖުމްލަ | 60,000ރ (ފަސް ދޮޅަސް ހާސް ރުފިޔާ) |
8 ޖަނަވަރީ 2020