July 25, 2017
ޝަކުވާ ހުށަހެޅި ތާރީޙް: 19 އޭޕްރީލް 2017
ހުލާސާ: މިއީ، ހދ. މަކުނުދޫގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ ޑައިލޮގް، އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: 19 އޭޕްރީލް 2017 ގައި ކޮމިޝަނަށް ހުށަހެޅިގެން ކޮމިޝަނުން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބެލިއިރު، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ފޮނުވި 10 ޖޫން 2017 ސިޓީގައި ޕޭ ޗެނަލްތަކުގެ ގޮތުގައި އެއަރޓެލް އަދި ޑިޝްޓީވީގެ އެއްވެސް ޗެނަލެއް ދޫނުކުރާ ކަމަށާއި، ހދ. މަކުނުދޫގައި ހަމައެކަނި ދޫކުރަނީ ދިވެހި ޗެނަލްތައް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ހދ. މަކުނުދޫގައި ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިފައިނެތް 22 (ބާވީސް) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދޭކަން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން ކަށަވަރުކޮށްދީފައި ވާތީ އާ،
އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްއިން ހދ. މަކުނުދޫގައި ދިވެހި ޗެނަލްތައް ނޫން ޗެނަލްތައް ދައްކާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާކަން ބަޔާންކޮށް، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ ހިދުމަތުގައި ހިމަނާފައިވާ ޗެނަލްތަކާއި އެޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިފައިވާކަމުގެ ލިޔުން މި ކޮމިޝަނަށް ފޮނުއްވައިދެއްވުމަށް އެދި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/200 (04 ޖުލައި 2017) ސިޓީއަށް ޖަވާބުދެއްވައި ތިޔަ ކުންފުނިން 17 ޖުލައި 2017 ގައި ފޮނުވި ސިޓީގައި މިކޮމިޝަނުން 4 ޖުލައި 2017 ސިޓީގައި ފޮނުވާފައިވާ ސިޓީގައި ކޮށްފައިވާ ތުހުމަތަށް އިއުތިރާޒް ކޮށްފައިނުވާތީ އަދި ތިޔަ ކުންފުނީގެ 17 ޖުލައި 2017 ސިޓީގައި ޗެނަލް ރައިޓްސްގެ ލިޔުން ހޯދުމަށް އިތުރު މުއްދަތަކަށް އެދިފައިވާތީ، އެޗް.ޑީ ކޭބަލް (ހދ. މަކުނުދޫ) އިން ކޭބަލް ޓީވީގެ ޚިދުމަތުގައި ރައިޓްސް ނެތް ޗެނަލްތަކެއް ހިމަނާފައިވާކަން ސާބިތުވާތީ، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާ އާ ޚިލާފަށް، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) އިން އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާތީ، ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | ޖޫރިމަނާގެ ޢަދަދު |
1. | ސައުދީ ޤުރުއާން | 2,000ރ (ދެ ހާސް ރުފިޔާ) |
2. | ސައުދީ ޓީވީ | 2,000ރ (ދެ ހާސް ރުފިޔާ) |
3. | ސޮނީ | 2,000ރ (ދެ ހާސް ރުފިޔާ) |
4. | ސްޓަރ ޕްލަސް | 2,000ރ (ދެ ހާސް ރުފިޔާ) |
5. | ޒީ ޓީވީ | 2,000ރ (ދެ ހާސް ރުފިޔާ) |
6. | ކަލަރސް | 2,000ރ (ދެ ހާސް ރުފިޔާ) |
7. | ސޮނީ އީ.އެސް.ޕީ.އެން | 2,000ރ (ދެ ހާސް ރުފިޔާ) |
8. | ނިކް ޖޫނިއަރ | 2,000ރ (ދެ ހާސް ރުފިޔާ) |
9. | ސޮނީ ސިކްސް | 2,000ރ (ދެ ހާސް ރުފިޔާ) |
10. | ސްޓަރ ގޯލްޑް | 2,000ރ (ދެ ހާސް ރުފިޔާ) |
11. | ސޮނީ މެކްސް | 2,000ރ (ދެ ހާސް ރުފިޔާ) |
12. | ލައިފް އޯކޭ | 2,000ރ (ދެ ހާސް ރުފިޔާ) |
13. | ސްޓަރ ސްޕޯޓްސް1 | 2,000ރ (ދެ ހާސް ރުފިޔާ) |
14. | ބޭބީ ޓީވީ | 2,000ރ (ދެ ހާސް ރުފިޔާ) |
15. | ބީ.ފޯ.ޔޫ މިޔުޒިކް | 2,000ރ (ދެ ހާސް ރުފިޔާ) |
16. | ޑިސްކަވަރީ ސައެންސް | 2,000ރ (ދެ ހާސް ރުފިޔާ) |
17. | އެން.ޖީ.ސީ | 2,000ރ (ދެ ހާސް ރުފިޔާ) |
18. | އަލްޖަޒީރާ | 2,000ރ (ދެ ހާސް ރުފިޔާ) |
19. | އެޗް.ބީ.އޯ | 2,000ރ (ދެ ހާސް ރުފިޔާ) |
20. | ޒިންގް | 2,000ރ (ދެ ހާސް ރުފިޔާ) |
21. | ބީ.ފޯ.ޔޫ މޫވީޒް | 2,000ރ (ދެ ހާސް ރުފިޔާ) |
22. | ޕީސްޓީވީ | 2,000ރ (ދެ ހާސް ރުފިޔާ) |
ޖުމްލަ | 44,000ރ (ސާޅީސް ހަތަރު ހާސް ރުފިޔާ) |
25 ޖުލައި 2017