August 20, 2017
ޝަކުވާ ހުށެހެޅި ތާރީޙް: 30 މޭ 2017
ހުލާސާ: މިއީ، ޕިކްސަލް ވިޝަން އިން ލ. ގަމުގައި ރައިޓްސް ނެތް ޗެނަލްތައް ފޯރުކޮށްދެމުން ދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ލ.ގަމުގައި ޕިކްސަލް ވިޝަންގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރައިޓްސް ނެތް ޗެނަލްތަކެއް ހިމަނާފައިވާކަން ކޮމިޝަނުން ކުރި ތަޙުޤީޤަށް ސާބިތުވެ، ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑުން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ރީބްރޯޑްކާސްޓް ކޮށްފައިވާ 148 (އެއް ސަތޭކަ ސާޅީސް އަށެއް) ޗެނަލަކާއި ގުޅިގެން ޝަކުވާ ނަންބަރު CAC-9/2017 މައްސަލަ ނިންމުމުގައި ރައިޓްސް ނެތް ޗެނަލްތަކެއް ލ.ގަމުގައި ޕިކްސަލް ވިޝަންގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) އިން ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް އެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާތީ، ބުނެވިދިޔަ މައްސަލައާ ގުޅޭގޮތުން ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
16 އޮގަސްޓު 2017