November 28, 2021
ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020
ހުލާސާ: މިއީ، މިއީ،އެޗް.ޑީ ކޭބަލް ޓީވީއިން އެއަރޓެލް،ވީޑިއޯކޮން،ޑައިލޮގް، އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ހދ.މަކުނުދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހދ.މަކުނުދޫ ގައި އެއަރޓެލް،ވީޑިއޯކޮން،ޑައިލޮގް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޤަވައިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ހދ.މަކުނުދޫގައި ދެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ ކޮމިޝަނުގެ ނަންބަރު CAC-11/2020 މައްސަލައިގައި ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛
މައްސަލައަށް ޖަވާބުދާރީވެ އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ސިޓީގައި، ހދ.މަކުނުދޫގައި އެޗް.ޑީ ކޭބަލް ޓީވީގެ ފަރާތުން ދެމުންދިޔަ ކޭބަލް ޓީވީ ގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް ބުނެފައިވާތީއާ،
މައްސަލަ ރައްދުވާ ފަރާތުން ތަޙްޤީޤަށް ދީފައިވާ މައުލޫމާތުގެ ޞައްޙަ ކަށަވަރުކުރުމުގެ މަރުހަލާގައި، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާގެ ނަންބަރު (MSG)270/427/2021/1 ( 25 މާރިޗް 2021) ސިޓީން “އެ ޚިދުމަތް ވަނީ ހުއްޓާލެވިފައެވެ” މިފަދައިން ބަޔާންކޮށް ކޮމިޝަނަށް މައުލޫމާތުދީފައިވާތީ،
އެޗް.ޑީ ކޭބަލް ޓީވީއިން އެއަރޓެލް،ވީޑިއޯކޮން،ޑައިލޮގް، އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ހދ.މަކުނުދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ނަންބަރު CAC-11/2020 މައްސަލަ އިތުރަށް ކުރިއަށްނުގެންދިއުމަށް، ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
23 ނޮވެންބަރު 2021