ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-11/2017)

September 28, 2017

ޝަކުވާ ނަންބަރު: CAC-11/2017

ޝަކުވާ ހުށަހެޅި ތާރީޚު: 11 ޖުލައި 2017

ހުލާސާ: މިއީ، އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ 11 ޖުލައި 2017 ގައި ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލް ޕެކޭޖްތަކާއި، ފެކޭޖްތަކަށް ނަގާ އަގާއި، ޕެކޭޖް ތަކުގައި ހިމެނޭ ޗެނަލްތަކުގެ ލިސްޓް (ޗެނަލްތައް ވަކިވަކިން އެނގޭގޮތަށް) ފޮނުވުމަށާ އަދި ޑިކޯޑަރު މެދުވެރިކޮށް ޚިދުމަތް ދޭނަމަ ޑިކޯޑަރު ވިއްކަން ފެށި ތާރީޚާއި އަގު ހިމެނޭގޮތުގެ މަތިން ޖަވާބުދާރީވުމަށް ދަންނަވައި ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/225 (19 ޖުލައި 2017) ސިޓީގެ ޖަވާބުގައި 02 އޮގަސްޓް 2017 ގައި އިޖަފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ސިޓީގައި ވ.ފެލިދޫގައި ދެމުންގެންދާ ޚިދުމަތް ޑިޖިޓަލް ޚިދުމަތެއްގެ ގޮތުގައި ފެށުމަށްޓަކައި މިހާރު ކުރިއަށް ގެންދަނީ ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތްކަމަށާއި، ކުންފުނީގެ ފަރާތުން ޕެކޭޖް ވިއްކައިގެން އެ ޚިދުމަތް ދިނުމަށް އަދި ފެށިފައިނުވާ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް؛

އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ.ފެލިދޫގައި ދޭ ޚިދުމަތުގައި މި ކޮމިޝަނުން އިޖަފް ޕްރައިވެޓް ލިމިޓެޑަށް ހުއްދަދީފައިވާ ބޭސިކް ޕެކޭޖްގައި ނުހިމެނޭ ތިރީގައިވާ ލިސްޓްގައި ބަޔާންކޮށްފައިވާ ބޭރުގެ 21 (އެކާވީސް) ޗެނަލް ހިމެނޭ ކަމަށް، ފެލިދެ އަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު (MSG)359/235/2017/21 (14 އޮގަސްޓު 2017) ފެކްސް މެސެޖުގައި ބަޔާންކޮށްފައިވާތީ؛

އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ 21 (އެކާވީސް) ޗެނަލެއް ރީބްރޯޑްކާސްޓްކުރާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އާ އިޖަފް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ދޭ ޚިދުމަތުގައި ހިމަނާފައިވާ ކޮންމެ ޗެނަލަކަށް -/2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން ޖުމުލަ 42,000/-ރ (ސާޅީސް ދެ ހާސް ރުފިޔާ) އިން އިޖަފް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

08 މެއި 2013 ގައި އިޖަފް ޕްރައިވެޓް ލިމިޓެޑަށް މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ، ޓީ.ވީ.އެމް، ވީ.ޓީ.ވީ، ރާއްޖެ ޓީވީ އަދި ދި ޓީވީ ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއް ނުވަތަ ޑިކޯޑަރެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅުއްވާފައި ނުވާތީއާއި، އިޖަފް ޕްރައިވެޓް ލިމިޓެޑުން ޑިކޯޑަރު މެދުވެރިކޮށް 15 ޖުލައި 2017 އިން ފެށިގެން ޚިދުމަތްދޭން ފަށާފައިވާކަމާއި، -/495ރ (ހަތަރު ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) އަށް ޑިކޯޑަރެއް ވިއްކާފައިވާ ކަމަށް ފެލިދެ އަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު (MSG)359/235/2017/21 (14 އޮގަސްޓް 2017) ފެކްސް މެސެޖުން ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާތީ، ކޮމިޝަނުން ފާސްކުރުމެއް ނެތި ޑިކޯޑަރު އަދި ޕެކޭޖު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އަދި 32 ވަނަ މާއްދާގެ (ހ) އާ އިޖަފް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ޚިދުމަތަކަށް ނަގާފައިވާތީ -/2,000ރ (ދެ ހާސް ރުފިޔާ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ -/2,000ރ (ދެ ހާސް ރުފިޔާ) އިން އިޖަފް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި، ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ ޖުމުލަ -/46,000ރ (ސާޅީސް ހަ ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް އިޖަފް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

 

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1. ސައުދީ ޤުރުއާން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
2. ކާޓޫން ނެޓްވޯރކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
3. ޑިސްނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
4. ބޭބީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
5. އެނިމަލް ޕްލެނެޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
6. ބީ.ބީ.ސީ އާރތު ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
7. އެފް.ވައި.އައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
8. ސްޓަރ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
9. ޒީ. ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
10. ސޮނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
11. ކަލާރސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
12. ލައިފް އޯކޭ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
13. ސޮނީ މެކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
14. ބީ.ފޯ.ޔޫ މޫވީސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
15. ސޮނީ ޕކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
16. އެޗް.ބީ.އޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
17. ދަމާލް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
18. އޯއެކްސް ޖަލްވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
19. ޓެން ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
20. ސޮނީ ސިކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
21. ރާއީ އިޓަލީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 -/2,000ރ (ދެ ހާސް ރުފިޔާ)
އަގުފާސްނުކޮށް ޑިކޯޑަރު ވިއްކާފައިވުމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 /2000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 -/2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   -/46,000ރ (ސާޅީސް ހަ ހާސް ރުފިޔާ)

 

26 ސެޕްޓެންބަރު 2017