ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-14/2019)

February 18, 2020

ޝަކުވާ ނަމްބަރު: CAC-14/2019

ޝަކުވާ ހުށަހެޅި ތާރީޙް: 20 އޮކްޓޫބަރު 2019

ހުލާސާ: މިއީ، 15 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން 22:45 އިން 23:45 އާ ހަމައަށް ބްރޯޑްކާސްޓްކުރި ‘މަޑިސީލަ” ޕްރޮގްރާމްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްފޯކްސްޕަރސަން ފިރިހެން ޖާނަލިސްޓުންނަށް ޖިންސީ ގޯނާ ކުރަމުންދާކަމަށާއި އެ މަޤާމަށް އަންހެނަކު އައްޔަންކުރި ފަހުން ސްޕޯކްސްޕަރސަން އަންގަވައިގެން “ފިރިހެން” ޖާނަލިސްޓުން ހައްޔަރުކުރަމުންދާކަމާއި، އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެއްކަމަށް “މަޑިސީލަ” ޕްރޮގްރާމްގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު އެއީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް  ދައްކާފައިވާ ވާހަކަތަކެއް ނޫންކަމާއި އަންހެން ފުލުހުންގެ ދައުރު ހަނިވާންޖެހޭކަމަށް ދޭހަވާގޮތަށް ދައްކާފައިވާފައިވާ ވާހަކަތަކަކީ، ޙަޤީޤަތް ނެތް ވާހަކަތަކެއްކަމުން މިވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފުލުހުންގެ ތަޞައްވަރު ގޯސްވެ، އިންސާނީ ޙައްޤުތައް ނަގަހައްޓައި ހަމަހަމަކަން ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ތަޢާރަޟުވާ ވާހަކަތަކެއްކަމާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ދެ ޖިންސުގެ ހަމަހަމަކަމަށް ގޮންޖަހާދައްކާފައިވާ ވާހަކަތަކެއްކަމުން މިކަމުގެ ސަބަބުން އަންހުންނަށް މުޖުތަމަޢުގައި ދޭންވާ ޤަދަރު ކުޑަވުމަށް ބާރުއެޅޭ ކަމެއް ކަމުގައިވާތީ، މަޑިސީލަ ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފު މިފަދަ ކޮންޓެންޓް ގެނެސްދެމުންދާތީ މިކަންކަން ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި، ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 15 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން 22:45 އިން 23:45 އާ ހަމައަށް ބްރޯޑްކާސްޓްކުރި ‘މަޑިސީލަ” ޕްރޮގްރާމްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްފޯކްސްޕަރސަން ފިރިހެން ޖާނަލިސްޓުންނަށް ޖިންސީ ގޯނާ ކުރަމުންދާކަމަށާއި އެ މަޤާމަށް އަންހެނަކު އައްޔަންކުރި ފަހުން ސްޕޯކްސްޕަރސަން އަންގަވައިގެން “ފިރިހެން” ޖާނަލިސްޓުން ހައްޔަރުކުރަމުންދާކަމާއި، އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެއްކަމަށް “މަޑިސީލަ” ޕްރޮގްރާމްގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު އެއީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް  ދައްކާފައިވާ ވާހަކަތަކެއް ނޫންކަމާއި އަންހެން ފުލުހުންގެ ދައުރު ހަނިވާންޖެހޭކަމަށް ދޭހަވާގޮތަށް ދައްކާފައިވާފައިވާ ވާހަކަތަކަކީ، ޙަޤީޤަތް ނެތް ވާހަކަތަކެއްކަމުން މިވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފުލުހުންގެ ތަޞައްވަރު ގޯސްވެ، އިންސާނީ ޙައްޤުތައް ނަގަހައްޓައި ހަމަހަމަކަން ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ތަޢާރަޟުވާ ވާހަކަތަކެއްކަމާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ދެ ޖިންސުގެ ހަމަހަމަކަމަށް ގޮންޖަހާދައްކާފައިވާ ވާހަކަތަކެއްކަމުން މިކަމުގެ ސަބަބުން އަންހުންނަށް މުޖުތަމަޢުގައި ދޭންވާ ޤަދަރު ކުޑަވުމަށް ބާރުއެޅޭ ކަމެއް ކަމުގައިވާތީ، މަޑިސީލަ ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފު މިފަދަ ކޮންޓެންޓް ގެނެސްދެމުންދާތީ މިކަންކަން ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި، ހުށަހަޅާފައިވާ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދީފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ 15 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން 22:45 އިން 23:45 އާ ހަމައަށް ބްރޯޑްކާސްޓްކުރި ‘މަޑިސީލަ” ޕްރޮގްރާމްގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު؛

އެ ކޮންޓެންޓަކީ  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ޚިލާފް ކޮންޓެންޓެއްކަމަށް ބެލެވޭނެ ޖާގައެއްނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

18 ފެބްރުވަރީ 2020