ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2014)

August 4, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2014)

ޝަކުވާ ނަމްބަރު: CAC-17/2014

 

ޝަކުވާ ހުށެހެޅި ތާރީޙް: 09 ޖޫން 2014

ހުލާސާ: މިއީ، ދިއެފްއެމް ޕްލަސްއިން 4 ޖޫން 2014 ވީ ބުދަދުވަހުން ފެށިގެން މުޙައްމަދު ނަދީމް، މއ.ކަނބޯގެ އާބެހޭ ގޮތުން ތިރީ ބާއަށް ދޮގު މަޢުލޫމާތު އަރުވަމުން ދާކަމަށް ބުނެ ހުށަހާޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 4 ޖޫން 2014 ވީ ބުދަދުވަހުން ފެށިގެން މުޙައްމަދު ނަދީމް، މއ.ކަނބޯގެ އާބެހޭ ގޮތުން ދި.އެފް.އެމް ޕްލަސްގެ ތިރީ ބާއަށް އަރުވަމުންދިޔަ ޚަބަރުގައި މުޙައްމަދު ނަދީމުގެ ބަހެއް ގެނެސްދީފައި ނުވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1)، އަދި (4) އާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، ޚަބަރު ގެނެސްދޭއިރު ވަކިފަރާތަކަށް ބުރަވުމެއްނެތި ހަމަހަމަކާމާއެކު ގެނެސްދިނުމަށާއި ޚަބަރު ގެނެސްދިނުމުގައި ކަމެއް ހިނގިގޮތް ސާބިތުނުވާ ހާލަތުގައި އެކަމެއް ހިނގިކަމަށް ލިބޭ މަޢުލޫމަތު ހާމަކުރާއިރު މުޢުތަބަރު ކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް ޚަބަރު ގެނެސްދިނުމަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

4 އޮގަސްޓް 2014