ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-21/2017)

January 31, 2018

ޝަކުވާ ނަންބަރު: CAC-21/2017

ޝަކުވާ ހުށަހެޅި ތާރީޙް: 14 ސެޕްޓެންބަރު 2017

ހުލާސާ: މިއީ، ބ. ހިތާދޫ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ 30 (ތިރީސް) ޗެނަލް އަކީ އެއްވެސް ޗެނަލް ރައިޓްސް އެއް ނެތި ދޫކުރާ ޗެނަލްތަކެއް ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

ބ. ހިތާދޫ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުންދާ 30 (ތިރީސް) ޗެނަލް އަކީ އެއްވެސް ޗެނަލް ރައިޓްސް އެއް ނެތި ދޫކުރާ ޗެނަލް ތަކެއްކަމަށް ބުނެ 14 ސެޕްޓެންބަރު 2017 ގައި ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، ކޮމިޝަނުން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް 15 މާރިޗު 2017 ގައި ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ބ. ހިތާދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ ޓީ.ވީ.އެމް، ރާއްޖެ ޓީވީ، މުއްނާރު، މަޖިލިސް، ޔެސް ޓީވީ، ޗެނަލް 13، ވީ.ޓީ.ވީ އަދި ސަންގު ޓީވީ ހިމެނޭގޮތަށް “ބޭސިކް ޕެކޭޖް” ކަން ފާހަގަކޮށް، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑްގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނެލް ޕެކޭޖްތަކާއި، ފެކޭޖްތަކަށް ނަގާ އަގު، ޕެކޭޖް ތަކުގައި ހިމެނޭ ޗެނެލްތަކުގެ ލިސްޓް އަދި ޑިކޯޑަރު މެދުވެރިކޮށް ޚިދުމަތްދޭނަމަ ޑިކޯޑަރު ވިއްކަން ފެށި ތާރީޚާއި އަގު އަދި ބ. ހިތާދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތަކުގެ ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި އޮތްކަމުގެ ލިޔުން ހިމެނޭނެހެން ޖަވާބުދާރީވުމަށް ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/337 (25 ސެޕްޓެންބަރު 2017) ސިޓީން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް ފުރުސަތު ދީފައިވާކަމާއި، މިގޮތުން؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/337 (25 ސެޕްޓެންބަރު 2017) ސިޓީއަށް ޖަވާބުދާރީވެ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން 5 އޮކްޓޫބަރު 2017 ގައި ފޮނުވި ސިޓީގައި އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބ. ހިތާދޫގައި 30 (ތިރީސް) ޗެނަލް ރީބްރޯޑްކާސްޓްކުރުމުން ދާކަމަށްބުނެ ކޮމިޝަނަށް ހުށަހަޅައިފައިވާ ޝަކުވާއަކީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމަށާއި، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕީ.އެސް.އެމް އާއެކު ޓީވީ ޗެނަލް ތަކެއް ދޫކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމާއި، މި ޗެނަލްތައް ދޫކުރުމަށް ތައްޔާރުވުމުގެ ގޮތުން މިހާރު އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ޓެސްޓް ސިގްނަލްތަކެއް ދޫކުރަން ފަށާފައިވާކަން ބަޔާންކޮށްފައިވާކަމާއި؛

އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/374 (17 އޮކްޓޫބަރު 2017) ސިޓީގައި، ޕީ.އެސް.އެމް އާއެކު ޓީވީ ޗެނަލްތަކެއް ދޫކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާގެ ކޮޕީ އަދި ޓެސްޓް ސިގްނަލް ގެ ގޮތުގައި ދޫކުރަމުންދާ ޗެނަލްތައް 25 އޮކްޓޫބަރު 2017 ގެ ކުރިން ކޮމިޝަނަށް ފޮނުއްވައިދެއްވުމަށް އެދިފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/374 (17 އޮކްޓޫބަރު 2017) ސިޓީއަށް ޖަވާބުދާރީވެ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި 24 އޮކްޓޫބަރު 2017 ސިޓީގައި، “… އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ޓެސްޓް ސިގްނަލް ގޮތުގައި ދޫކުރަމުން ގެންދާ ޗެނަލްތަކުގެ ލިސްޓް (ޓީވީއެމް، ޔެސް ޓީވީ، ވީ.ޓީވީ، ރާއްޖެ ޓީވީ، ސަން ޓީވީ، ޗެނަލް 13، ސަންގު ޓީވީ، މުންނާރު ޓީވީ، ސައުދީ ޤުރުއާން، ޑިސްކަވަރީ، ކާޓޫން ނެޓްވޯރކް، ސްޓަރ ސްޕޯޓްސް 1، ޕީސް ޓީވީ އަދި އޭ ޓީ އެން) ފޮނުވާފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/374 (17 އޮކްޓޫބަރު 2017) ސިޓީއަށް ޖަވާބުދާރީވެ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި 27 އޮކްޓޫބަރު 2017 ސިޓީއާއެކު ޕީ.އެސް.އެމް އާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ކޮޕީ ހުށަހަޅައިފައިވާކަމާއި؛

އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/387 (1 ނޮވެންބަރު 2017) ސިޓީއިން ޕީ.އެސް.އެމްގެ ޗެނަލްތައް އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުގެ ކޭބަލް ނެޓްވޯރކްގައި ދެއްކުމަށް ޕީ.އެސް.އެމް އިން ދޫކޮށްފައިވާ ޗެނަލް ރައިޓްސް ލިޔުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް 15 ނޮވެންބަރު 2017 ގެ ކުރިން ކޮމިޝަނަށް ފޮނުއްވައިދެއްވުމަށް އެދިފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/387 (1 ނޮވެންބަރު 2017) ސިޓީއާ ޙަވާލާދީ، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު l-N/2017/008 (15 ނޮވެންބަރު 2017) ސިޓީން ޖަވާބުދިނުމަށް އިތުރު މުއްދަތަކަށް އެދިފައިވާތީ، ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/400 (21 ނޮވެންބަރު 2017) ސިޓީން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތުގެމަތިން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު، 04 ޑިސެންބަރު 2017 ގެ ނިޔަލަށް އިތުރު ކޮށްދީފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/400 (21 ނޮވެންބަރު 2017) ސިޓީއާ ޙަވާލާދީ، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު l-N/2017/114 (4 ޑިސެންބަރު 2017) ސިޓީގައި، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބ. ހިތާދޫގައި ދޫކުރަމުންގެންދާ ޗެނަލްތަކަކީ ޓީ.ވީ.އެމް، މުންނާރު ޓީވީ، ޔެސް ޓީވީ، ރާއްޖެ ޓީވީ އަދި ވީޓީވީ ކަމާއި، މި ޗެނަލްތަކުގެ އިތުރުން އެހެން އެއްވެސް ޗެނަލެއް އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން މިހާރު ރީބްރޯޑްކާސްޓްކުރަމުން ނުދާކަމުގައި ބަޔާންކޮށްފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/322/2017/2 (12 ނޮވެންބަރު 2017) ސިޓީ އާއި  ނަންބަރު
427-LCM/322/2017/3 (25 ނޮވެންބަރު 2017)  ސިޓީއާ ޙަވާލާދީ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލުން ފޮނުވި ނަންބަރު 322-CS/427/2017/2 (16 ޖަނަވަރީ 2017) ސިޓީ ގައި، ބ. ހިތާދޫ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން މިހާރު ދޫކުރާ ޗެނަލްތަކަކީ ބޭސިކް ޕެކޭޖް (ލޯކަލް ޗެނަލްސް) ކަމާއި، ނޮވެންބަރު 2017 އިން ފެށިގެން އަގުނުނަގާ ކަމާއި، ކުރިން ނަގާ އަގަކީ މަހަކު 130ރ (އެއް ސަތޭކަ ތިރީސް ރުފިޔާ) ކަން ބަޔާންކޮށް ހިމަނާފައިވާ ޗެނަލް ތަކަކީ (ޓީވީއެމް، ރާއްޖެޓީވީ، ވީ. ޓީވީ، މުންނާރު ޓީވީ، ޔޭސް ޓީވީ އަދި ޗެނަލް 13) ކަމަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް؛

ބ. ހިތާދޫގައި އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޓެސްޓް ސިގްނަލްގެ ގޮތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 6 (ހައެއް) ޗެނަލެއް ހިމަނާފައިވާކަމަށް އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން އިޢުތިރާފުވެފައިވާތީ، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 6 (ހައެއް) ޗެނަލަށް ޖުމުލަ 12,000ރ (ބާރަ ހާސް ރުފިޔާ) އިން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ކޮމިޝަނުން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް 15 މާރިޗް 2017 ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ފާސްކޮށްފައިވާ ޕެކޭޖަކީ (ޓީވީއެމް، ރާއްޖެޓީވީ، ވީ.ޓީވީ، މުންނާރު ޓީވީ، ޔޭސް ޓީވީ، ސަންގު ޓީވީ، މަޖިލިސް އަދި ޗެނަލް 13) 8 (އަށެއް) ޗެނަލް ހިމެނޭ “ބޭސިކް ޕެކޭޖް” ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެކޭޖުގައި ހިމަނާފައިވާ ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނައުމަށް އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިފައިނުވާތީ، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް އެންގުމަކާއި ނުލައި ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 14,000ރ (ސާދަ ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ، އެ ކަން ކޮމިޝަނަށް ހުށަހެޅުމަށް، އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1. ސައުދީ ޤުރުއާން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
2. ޑިސްކަވަރީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
3. ކާޓޫން ނެޓްވޯރކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
4. ސްޓަރ ސްޕޯޓްސް 1 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
5. ޕީސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
6. އޭ ޓީ އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   14,000ރ (ސާދަ ހާސް ރުފިޔާ)

 

31 ޖަނަވަރީ 2018