January 31, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 15 އޮކްޓޫބަރު 2017
ހުލާސާ: މިއީ، ޅ. އޮޅުވެލިފުށީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ބޭނުންކޮށްގެން ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
ޅ. އޮޅުވެލިފުށީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ބޭނުންކޮށްގެން ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިވާކަމާއި؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/378 (22 އޮކްޓޫބަރު 2017) ސިޓީއަށް ޖަވާބުދާރީވެ ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން 25 އޮކްޓޫބަރު 2017 ގައި ފޮނުވި ސިޓީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ނަގާފައިވާ ލައިސަންސްގެ ދަށުން ޅ. އޮޅުވެލިފުށީގައި ރީބްރޯޑްކާސްޓްކުރާ ޗެނަލްތަކަކީ ޓީ.ވީ އެމް، ރާއްޖެ ޓީވީ، ވީޓީވީ އަދި ދި ޓީވީ ކަމުގައި ބަޔާންކޮށްފައިވާކަމާއި؛
ކޮމިޝަނުން ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑަށް 4 މާރިޗް 2014 ގައި ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ޅ.އޮޅުވެލިފުށީގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ ޓީ.ވީ.އެމް، ދި ޓީވީ، ވީ.ޓީ.ވީ އަދި ރާއްޖެ ޓީވީ ހިމެނޭގޮތަށް “ބޭސިކް ޕެކޭޖް” ކަމަށްވާތީ އާއި؛
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ނަންބަރު (MSG)231-PR/427/2018/1 (14 ޖަނަވަރީ 2018) މެސެޖަށް ނަޒަރުކުރާއިރު، ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސްގެ ދަށުން ޅ. އޮޅުވެލިފުށީގައި ރީބްރޯޑްކާސްޓްކުރަނީ 4 (ހަތަރެއް) ޗެނަލް (ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ވީޓީވީ އަދި ދި ޓީވީ) ކަން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޙަވާލާދީފައިވާ މެސެޖުން ކަށަވަރުކޮށްދީފައިވާތީ، ޅ. އޮޅުވެލިފުށީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް ޗެނަލް ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުނުވާކަމުގައި ކަނޑައަޅާ މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ. __________________
31 ޖަނަވަރީ 2018