January 21, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 21 ނޮވެންބަރު 2017
ހުލާސާ: މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ޗެނަލްގެ ވެރިފަރާތުގެ ހުއްދަނެތި ޗެނަލް ދައްކާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަ.
ނިންމި ގޮތް: ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ޗެނަލްގެ ވެރިފަރާތުގެ ހުއްދަނެތި ޗެނަލް ދައްކާކަމަށް ބުނެ 21 ނޮވެންބަރު 2017 ގައި ކޮމިޝަނަށް ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، 12 ޖުލައި 2012 ގައި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން، ށ. މާއުނގޫދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ ( ސޮނީ، ކާޓުން ނެޓްވާރކް، އީއެސްޕީއެން އޭޝިޔާ، ސްޓަރ ޕްލަސް، ފޮކްސް މޫވީޒް ޕްރީމިއަމް، ނެޓް ޖިއޯ އަދި ޓެން ސްޕޯޓްސް) 7 (ހަތެއް) ޗެނަލް ހިމެނޭ “ބޭސިކް ޕެކޭޖް” ކަން ބަޔާންކޮށް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނެލް ޕެކޭޖްތަކާއި، ފެކޭޖްތަކަށް ނަގާ އަގު، ޕެކޭޖް ތަކުގައި ހިމެނޭ ޗެނެލްތަކުގެ ލިސްޓް އަދި ޑިކޯޑަރު މެދުވެރިކޮށް ޚިދުމަތް ދޭނަމަ ޑިކޯޑަރު ވިއްކަން ފެށި ތާރީޚާއި އަގު އަދި ށ. މާއުނގޫދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތަކުގެ ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި އޮތްކަމުގެ ލިޔުން ހިމެނޭނެހެން ޖަވާބުދާރީވުމަށް ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/407 (28 ނޮވެންބަރު 2017) ސިޓީން ލަސްޓްރަމް ޕްރައިވެޓް ޕްރައިވެޓް ލިމިޓެޑަށް ފުރުސަތު ދެވިފައިވާކަމާއި، މިގޮތުން؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/407 (28 ނޮވެންބަރު 2017) ސިޓީއަށް ޖަވާބުދާރީވެ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު MBC/GOV/2017/21(13 ޑިސެންބަރު 2017) ސިޓީގައި އެ ފަރާތުން، މިހާރު ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދެމުންދަނީ ފްރީ ޓް އެއަރ ޗެނަލްތައް ކަމަށާއި، މި ޗެނަލްތަކަކީ ފްރީ ޓު އެއަރ ޗެނަލްތަކަކަށް ވުމާއެކު މި ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމަށް އެއްވެސް ހުއްދައެއް ހޯދާފައެއް ނުވާނެކަމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޓީ.ވީ.އެމް، ޔެސް ޓީވީ، ޗެނަލް 13 ، ވީޓީވީ، ރާއްޖެ ޓީވީ، ސަންޓީވީ، ޕީސް ޓީވީ
(އިންގްލިޝް)، ސްޓަރ އުތްސަވް، ސްޓަރ އުއްސަވް މޫވީ ، ހަމް މަސާލާ، އަރީ ޑިޖިޓަލް، ޗެނަލް 9، ޒީ އީޓީސީ އަދި އަރީ މިޔުޒިކް ހިމެނޭހެން ޖުމްލަ 14 (ސާދަ) ޗެނަލެއް ދައްކާ ކަމަށް އިއުތިރާފުވެފައިވާތީ އާއި؛
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 282/427/2018/1 (9 ޖަނަވަރީ 2018) ސިޓީއަށް ނަޒަރުކުރާއިރު، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ.މާއުނގޫދޫގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި (ޓީ.ވީ.އެމް، ޔެސް ޓީވީ، ޗެނަލް 13، ވީޓީވީ، ރާއްޖެ ޓީވީ، ސަންޓީވީ، ޕީސް ޓީވީ (އިންގްލިޝް)، ސްޓަރ އުތްސަވް، ސްޓަރ އުއްސަވް މޫވީ، ހަމް މަސާލާ، އަރީ ޑިޖިޓަލް، ޗެނަލް 9، ޒީ އީޓީސީ، އަރީ މިޔުޒިކް ހިމެނޭ ގޮތަށް) ޖުމްލަ 14 (ސާދަ) ޗެނަލް ރީބްރޯޑްކާސްޓްކުރާކަން ކަށަވަރުކޮށްދީފައިވާތީ؛
ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 14 (ސާދަ) ޗެނަލެއް ށ.މާއުނގޫދޫގައި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 14 (ސާދަ) ޗެނަލަށް ޖުމުލަ 28,000ރ (އަށާވީސް ހާސް ރުފިޔާ) އިން ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
12 ޖުލައި 2012 ގައި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ، ސޮނީ، ކާޓުން ނެޓްވާރކް، އީއެސްޕީއެން އޭޝިޔާ، ސްޓަރ ޕްލަސް، ފޮކްސް މޫވީޒް ޕްރީމިއަމް، ނެޓް ޖިއޯ އަދި ޓެން ސްޕޯޓްސް 7 ޗެނަލް “ބޭސިކް ޕެކޭޖް” ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި،
ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 30,000ރ (ތިރީސް ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ، އެ ކަން ކޮމިޝަނަށް ހުށަހެޅުމަށް، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1. | ޓީ.ވީ.އެމް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
2. | ސަން ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
3. | ޔެސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
4. | ވީޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
5. | ރާއްޖެ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
6. | ޗެނަލް 13 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
7. | ސްޓަރ އުތްސަވް މޫވީސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
8. | ސްޓަރ އުތްސަވް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
9. | ޕީސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
10. | ހަމް މަސާލާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
11. | ޒީ އީޓީސީ ބޮލީވުޑް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
12. | އަރީ މުސިކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
13. | ޗެނަލް 9 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
14. | އަރީ ޑިޖިޓަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 | /2,000ރ (ދެ ހާސް ރުފިޔާ) | |
ޖުމްލަ | 30,000ރ (ތިރީސް ހާސް ރުފިޔާ) |
16 ޖަނަވަރީ 2018