March 18, 2019
ޝަކުވާ ހުށަހެޅި ތާރީޙް: 06 ނޮވެންބަރު 2018
ހުލާސާ: މިއީ، ކުލަބް މެޑް ފިނޮޅު ވިލާސް ރިސޯޓް (ކ. ގަސްފިނޮޅު) ގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތަކީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، އެ ފަރާތުން ފޯރުވައިދޭ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތައް ދެއްކުމުގެ ހުއްދަ ލިބިގެންނުވާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ކުލަބް މެޑް ފިނޮޅު ވިލާސް ރިސޯޓް (ކ. ގަސްފިނޮޅު) ގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތަކީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، އެ ފަރާތުން ފޯރުވައިދޭ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތައް ދެއްކުމުގެ ހުއްދަ ލިބިގެންނުވާކަމަށް ބުނެ 06 ނޮވެންބަރު 2018 ގައި ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، ކްލަބްމެޑް ފިނޮޅު ވިލާސް (ކ.ގަސްފިނޮޅު) ރިސޯޓަށް މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ދެވުނު ފުރުސަތުގައި، ކްލަބް މެޑް ފިނޮޅު ވިލާސް ރިސޯޓުގައި 34 (ތިރީސް ހަތަރެއް) ޗެނަލް ހިމެނޭގޮތަށް ޕީ.އެސް.އެމް ކަނެކްޓް ޗެނަލްތައް ބޭނުންކޮށްގެން ޓެސްޓް ސިގްނަލް ދެމުންދާ ފަރާތަކީ މާސްމިޑީއާ އެންޓަންޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް މައުލޫމާތު ދީފައިވާތީ އާއި؛
މައްސަލަ ރައްދުވާ މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި، މައްސަލައަށް ޖަވާބުދާރީވެ މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން 14 ޖަނަވަރީ 2019 ގައި ފޮނުވި ސިޓީގައި، ފްރީ ޗެނަލްތަކާއި ޕީ.އެސް އެމް ކަނެކްޓް ގައި ބައެއް ޗެނަލްތައް ހިމަނައިގެން 25 މޭ 2018 އިން ފެށިގެން ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޓެސްޓްކުރަމުންދާކަމަށް އިޢުތިރާފްވެފައިވާތީ އާއި؛
މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަންގެ ނަންބަރު 427-LCM/(RB)/2018/7 ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ 16 ޑިސެންބަރު 2018 ގައި ކަމަށް ވާތީ، 25 މޭ 2018 އިން
15 ޑިސެންބަރު 2018 (ކޮމިޝަނުން ލައިސަންސް ދޫކުރި ތާރީޚް) ގެ ނިޔަލަށް މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓުގައި ޓެސްޓް ސިގްނަލް ދިންކަން، އެ ފަރާތުގެ އަމިއްލަ އިއުތިރާފުން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ ދުވާލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 205 (ދުއިސައްތަ ފަހެއް) ދުވަހަށް 410,000ރ (ހަތަރު ލައްކަ ދިހަ ހާސް ރުފިޔާ) އިން މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ‘ކްލަބް މެޑް ފިނޮޅުވިލާސް ކ.ގަސްފިނޮޅު’ ގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި 34 (ތިރީސް ހަތަރެއް) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންދާކަމަށް ‘ކްލަބް މެޑް ފިނޮޅުވިލާސް ކ.ގަސްފިނޮޅު’ އިން މައުލޫމާތު ދީފައިވާތީ އާއި މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ‘ކްލަބް މެޑް ފިނޮޅުވިލާސް ކ.ގަސްފިނޮޅު’ ގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތަކުގެ ތެރޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 16 (ސޯޅަ( ޗެނަލެއް ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، މާސް މީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 16 (ސޯޅަ) ޗެނަލަށް، ޖުމުލަ 32,000ރ (ތިރީސް ދެ ހާސް ރުފިޔާ) އިން މާސްމީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ތިރީގައިވާ ލިސްޓްގައިވާ ގޮތަށް، ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 442,000ރ (ހަތަރު ލައްކަ ސާޅީސް ދެ ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް މާސް މީޑިއާ އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.
# | ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން | މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ޔޫރޯ ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | ޑީ.ޑަބްލިޔު ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ޓީވީ 5 އޭޝިޔާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | ރާއީ އިޓާލިއާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | ޓީ.ވީ.އީ އިންޓަރނޭޝަނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | އާރް. ޓީ.ޕީ އިންޓަރނޭޝަނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | ރަޝިޔާ 1 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | ޑުބާއީ ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ޕީނިކްސް ޗައިނީސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | ފީނިކްސް އިންފޮމޭޝަން ނިއުސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ފީނިކްސް ހޮންގްކޮންގ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | ގޯ. ޓު ލަކްސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | މަކާއޯ ލޮޓަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ޗެނަލް ވީ ޗައިނާ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ސީ މިޔުޒިކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
16 | ކިއުބާ ވިޝަން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 | 2,000ރ (ދެ ހާސް ރުފިޔާ) |
ލައިސަންސްނެތި ޙިދުމަތްދީފައިވާ ކޮންމެ ދުވަހަކަށް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 | 410,000ރ (ހަތަރު ލައްކަ ދިހަ ހާސް ރުފިޔާ) | |
ޖުމްލަ | 442,000ރ (ހަތަރު ލައްކަ ސާޅީސް ދެ ހާސް ރުފިޔާ) |
18 މާރިޗު 2019