ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-26/2020)

December 22, 2020

ޝަކުވާ ނަމްބަރު: CAC-26/2020

ޝަކުވާ ހުށަހެޅި ތާރީޙް: 21 ޖުލައި 2020

ހުލާސާ: މިއީ، ޗެނަލް 13 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50ގައި ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް “ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ  ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަޤާމު ދެއްވަން ވެގެން ވަރަން ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ” ކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާފައިވާތީ، މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50ގައި ޗެނަލް 13 އިން ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް “ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ  ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަޤާމު ދެއްވަން ވެގެން ވަރަން ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ” ކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާފައިވާތީ، މައްސަލަ ބަލައިދެއްވުން އެދި، ހުށަހަޅާފައިވާ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުދީފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50ގައި ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު؛

އެ ކޮންޓެންޓަކީ  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ޚިލާފް ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތީފާޤުން މައްސަލަ ނިންމީއެވެ.

22 ޑިސެންބަރު 2020