ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-27/2018)

March 18, 2019

ޝަކުވާ ނަންބަރު: CAC-27/2018

ޝަކުވާ ހުށަހެޅި ތާރީޙް: 12 ޑިސެންބަރު 2018

ހުލާސާ: މިއީ، ށ. މަރޮށީގައި އެއަރޓެލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތަކެއް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ  (ނާދީ ކޭބަލް ނެޓް) އިން ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑުން ށ. މަރޮށީގައި އެއަރޓެލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް، ރައިޓްސް ނެތް ޗެނަލްތަކެއް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ (ނާދީ ކޭބަލް ނެޓް) އިން ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ، ކޮމިޝަނަށް ހުށަހަޅައިފައިވާ މި ޝަކުވާއާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދީފައިވީކަމާއި؛

ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަކީ، ށ. މަރޮށީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ނަންބަރު
427-LCM/(RB)/2013/30 (01 ސެޕްޓެންބަރު 2013) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި  ކޮމިޝަނުން މިހާތަނަށް ފާސްކޮށްދީފައިވަނީ 12 (ބާރަ) ޗެނަލެއްގެ މައްޗަށް އެކުލެވޭ ބޭސިކް ޕެކޭޖެއް ކަމާއި، ޑީކޯޑަރު އަގު ފާސްކުރުމަށް އަދި ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަށް ށ. މަރޮށީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ދޫކޮށްފައިވާ ލައިސަންސް ބާޠިލްކުރުމަށް މިހާތަނަށް ކޮމިޝަނަށް ހުށަހަޅައިފައިނުވާކަމާއި؛

 

ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް އިން ށ. މަރޮށީގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދިވެހި ޗެނަލްތަކާއި ސްޕޯޓްސް ޗެނަލްތަކުގެ އިތުރުން ސްޓާރ ޕެކޭޖްގެ ޗެނަލްތައް ހިމެނޭގޮތަށް 16 (ސޯޅަ) ޗެނަލެއް ބޭނުންކޮށްގެންް އެއަރޓެލް މެދުވެރިކޮށް ޚިދުމަތް ދެމުންދާކަމަށް މިލަދުންމަޑުލުއުތުރުބުރި މަރޮށި ކައުންސިލްގެ އިދާރާއިން ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ އާއި،

ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑުން ށ. މަރޮށީގައި ޚިދުމަތް ދެމުން ނުގެންދާކަމަށް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވީނަމަވެސް، ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް އިން ށ. މަރޮށީގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 13 (ތޭރަ) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންގޮސްފައިވާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 13 (ތޭރަ) ޗެނަލަށް ޖުމްލަ 26,000ރ (ސައްބީސް ހާސް ރުފިޔާ) އިން ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 26,000ރ (ސައްބީސް ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1 ރާއްޖެ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
2 ޔެސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
3 ސްޓަރ ގޯލްޑް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
4 ސްޓަރ ޕްލަސް އެޗް.ޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
5 ސްޓަރ ސްޕޯޓްސް 1 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
6 ސްޓަރ ސްޕޯޓްސް 2 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
7 ސޮނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
8 ސޮނީ އީ.އެސް.ޕީ.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
9 ސޮނީ ޓެން 2 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
10 އަލްޖަޒިރާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
11 ނިކް ޖޫނިއަރ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
12 ނެޝަނަލް ޖިއޮގްރަފިކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
13 ސައުދީ ޣުރުއާން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   26,000ރ (ސައްބީސް ހާސް ރުފިޔާ)

__________________

18 މާރިޗް 2019