January 5, 2017
ޝަކުވާ ހުށެހެޅި ތާރީޙް: 31 އޮކްޓޯބަރ 2016
ހުލާސާ: މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުންގޫދޫގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރައިޓްސް ލިބިފައިނުވާ ޗެނަލްތައް ބޭނުންކޮށްގެން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ހުއްދަ ނޫން އެއްވެސް ޗެނަލެއް ރިބްރޯޑްކާސްޓް ނުކުރާކަމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާތީ، ޝަކުވާ ހުށަހެޅި ފަރާތުން ހުށަހެޅުއްވި މައްސަލަ ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، މި މައްސަލަ މިގޮތަށް ނިންމާފައި.
05 ޖަނަވަރީ 2017