ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADR-31/2012)

January 17, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADR-31/2012)

ޝަކުވާ ނަމްބަރު: CADR-31/2012

ޝަކުވާ ހުށެހެޅި ތާރީޙް: 05 މާޗް 2012

ހުލާސާ: 03 މާޗް 2012ވަނަ ދުވަހުގެރޭ 10:00ން 11:00އާ ދެމެދު ރާއްޖެ ޓީވީއިން ލައިވްކުރި މުޒާހަރާއެއްގައި، ޓްރޭޑަރސް ހޮޓަލް ކައިރިއަށް އެއްވެ ތިބި އެމް.ޑީ.ޕީ މީހުން ކޮންޓްރޯލް ކުރުމަށް އުޅުއްވި ފުލުހުން ތިބީ ރާބޮއެ، މަސްތުވެފައި ކަމަށް މައިޒާން އަލީ މަނިކު ވިދާޅުވާތަން ރާއްޖެ ޓީވީއިން ބްރޯޑްކާސްޓް ކޮށްފައިވުން
ނިންމި ގޮތް:

މި މައްސަލައިގެ ކޮންޓެންޓް ލިބިފައިނުވާތީ ހުށަހަޅާފައިވާ މައްސަލަ ބެލެން ނެތް ކަމަށް ނިންމައި، ނަމަވެސް، މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ )ބ(ގައި ބަޔާންކޮށްފައިވާ ފަދައިން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްއިން ކޮންޓެންޓް ރައްކާ ކޮށްފައިނުވާ ކަމަށް އެފަރާތުގެ އިއުތިރާފުން ތަޙްޤީޤަށް ސާބިތުވެފައިވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 4ގެ ދަށުން، އެކަން ތަކުރާރުވިޔަ ނުދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

17 ޖެނުއަރީ 2013