April 9, 2013
ޝަކުވާ ނަމްބަރު: CADRC-55/2012
ޝަކުވާ ހުށެހެޅި ތާރީޙް: 1 ސެޕްޓެމްބަރ 2012
ހުލާސާ: 30 އޯގަސްޓް 2012ގެ 18:30ން 22:40އާ ދެމެދު ރާއްޖެ ޓީވީގެ ނިއުސް ފީޑްގައި “ރަންގަލި ރިސޯޓްގައި ކާނާ ވިހަވުމުގެ ސަބަބުން ޕެރަލައިޒްވި ބިދޭސީ މީހެއް މަރުވެއްޖެ” މިހެން ލިޔެ ބްރޯޑްކާސްޓްކޮށްފައި ވާކަމަށް ވާތީ، އެއީ ދޮގު މައޫލޫމާތު ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި އެކަމުގައި މާއާފަށް އެދި ރާއްޖެ ޓީވީން ބަޔާނެއް ނެރެދިނުމަށާއި ކޮންރަޑް މޯލްޑިވްސް އަށް ލިޔުމުން މައާފަށް އެދުމަށް ދެންނެވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
30އޯގަސްޓް 2012ގެ 18:30ން 22:40 އާ ދެމެދު ރާއްޖެ ޓީވީގެ ނިއުސް ފީޑްގައި “ރަންގަލި ރިސޯޓްގައި ކާނާ ވިހަވުމުގެ ސަބަބުން ޕެރަލައިޒްވި ބިދޭސީ މީހެއް މަރުވެއްޖެ” މިހެން ލިޔެ ބްރޯޑްކާސްޓްކުރުމުގައި މި މަޢުލޫމާތު ރާއްޖެ ޓީވީން ރިޕޯޓްކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ 5 ވަނަ ހަމައިގެ (4) އަދި (3) އާ ޚިލާފަށް ކަމަށްވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، މި ފަދަ ކަންތައްތައް ތަކުރާރު ވިޔަނުދިނުމަށް އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެ ވޯޓު ދިން މެމްބަރުންގެ އަޢުލަބިއްޔަތުން ނިންމީއެވެ.
09 އޭޕްރީލް 2013