ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ކުޑަކުދިންގެ ހަވީރެއް” ބާއްވައިފި  

November 19, 2021

ދިވެހިރާއްޖޭގެ މިއަހަރުގެ “ބްރޯޑްކާސްޓްކުރުމުގެ ދުވަސް” ފާހަގަކުރުމުގެ ގޮތުން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އުސްފަސްގަނޑު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި، ކުޑަކުދިން ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާނެ އެކި ހަރަކާތްތަކުގެ އިތުރުން، ކުޑަކުދިން ގަޔާވާފަދަ އެހެން އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ހަވީރު ކުރިއަށްދިޔައިރު، ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިންނާ ގުޅޭ ކޮންޓެންޓް ގެނެސްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާ ބެހޭ މަޢޫލޫމާތު ދީފައިވެއެވެ.

މި ހަވީރުގައި ކޮމިޝަންގެ އިތުރުން، ދިރާގު ޓީވީއާއި، މޯލްޑިވްސް ބިޒްނަސް ނެޓްވާރކްގެ ފަރާތުން ބައިވެރިވެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުޑަކުދިންގެ ހަވީރުގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮމިޝަނުން ވަނީ ބައެއް ބްރޯޑްކާސްޓަރުންނާ ގުޅިގެން މާލޭ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް މި ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން ސްޓޭޝަންތަކުގައި ސެޝަންތަކެއް ހިންގާފައެވެ.