ބްރޯޑްކާސްޓްކަޕް 2024ގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އަށް

October 15, 2024

 

 

 

 

 

 

 

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް މުބާރާތް، ބްރޯޑްކާސްޓްކަޕް 2024ގެ ޗެމްޕިއަންކަން ޕީއެސްއެމް ނިއުސް އިން ހޯދައިފިއެވެ.

އެސްއެމް ނިއުސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އައިސްޓީވީއާ ބައްދަލުކޮށް ފައިނަލްގައި 3 -1 މޮޅުވެގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމާއި ރަނަރަޕް ޓީމު އަދި މުބާރާތުން ތަފާތު ވަނަތައް ހާސިލްކުރި ޓީމުތަކަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓްތައް ހަވާލުކުރުމަށް ކޮމިޝަނުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. ތިރީގައި މިވަނީ މި މުބާރާތުން ވަނަތައް ހާސިލްކުރި ފަރާތްތަކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު-ޕީއެސްއެމް ނިއުސް

މުބާރާތުގެ ރަނަރަޕް ޓީމު-އައިސްޓީވީ

ފެއާ ޕްލޭ ޓީމް- ޓެލެވިޒަން މޯލްޑިވްސް

ބެސްޓް ސަޕޯޓިން ޓީމް- ބިއްލޫރިއެފްސީ (ބްރޯޑްކޮމް/އައިކޮމް/އެމްއެމްސީ)

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

މުހައްމަދު އިބަރާހިމް (ޖާޒީ ނަމްބަރު 9)- ޕީއެސްއެމް ނިއުސް

އަލީ ޝަފާއު (ޖާޒީ ނަމްބަރު 2)- ޕީއެސްއެމްނިއުސް

މުހައްމަދު ސަމީހު (ޖާޒީ ނަމްބަރު 8)- އައިސްޓީވީ

މުހައްމަދަދު ފާރިޝް އާދަމް (ޖާޒީ ނަމްބަރު 5) -އައިސްޓީވީ

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: 

މުހައްމަދަދު ފާރިޝް އާދަމް (ޖާޒީ ނަމްބަރު 5) -އައިސްޓީވީ

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ:

މުހައްމަދު އިބްރާހިމް (ޖާޒީ ނަމްބަރު 9)- ޕީއެސްއެމްނިއުސް

ފެއާޕްލޭ ކުޅުންތެރިޔާ:

އަހުމަދު ފަރީދު (ޖާޒީ ނަމްބަރު 4) -އައިސްޓީވީ

އޮކްޓޫބަރު 11-12 ގައި ހުޅުމާލޭ ފޭސް ދޭއްގައި ކުރިއަށްގެންދިޔަ ބްރޯޑްކާސްޓްކަޕަށް މިއަހަރު ބްރޯޑްކާސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައި އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 8 ޓީމެއް ބައިވެރިވި އެވެ.

  • ޓީވީއެމް
  • ޕީއެސްއެމް
  • ވީޓީވީ
  • އެސްްއެސްޓީވީ
  • އައިސްޓީވީ
  • ވަގުތުޕްލަސް
  • އަސްލުޓީވީ
  • ބިއްލޫރި އެފްސީ

މުބާރާތުގެ ވަނަތައް ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ގިނަ ޓީމްތައް ބައިވެރިވުމަކީ މުބާރާތަށް ލިބުުނު ކުރިއެރުމެއް ކަމުގައި އެވެ. އުއްމީދަކީ އަތޮޅުތަކުގެ ތެރެއިން މި މުބާރާތުގައި ބައިވެރިވުމަށް މީޑީއާ ތަކުން އައުން ކަމުގައި އެވެ.

ކޮންމެ އަހަރެއްގެ 4 އޮކްޓޫބަރުގައި ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ބާއްވާ ބްޜޯޑްކާސްޓްކަޕް 2024 މި އަހަރުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ.

ކޯސްޕޮންސާ-ހަސަން މެރީން

ކޯ ސްޕޮންސާ-ބީއެޗްއެމް

ހައިޑްރޭޝަން ޕާޓްނާ-އެމްޑަބްލިއުއެސްސީ

ފުޓްސަލް ޕާޓްނާ-ސޮނީ ސްޕޯޓްސް

އިވެންޓް ޑިޒައިން ޕާޓްނާ-ކުލަ މޯލްޑިވްސް

އޮންލައިން ނިއުސް ޕާޓްނާ-އޮއިވަރު ނިއުސް

ބްރޯޑްކާސްޓްކަޕް2024  ގެ ރެފްރީކަން ކޮށް މެޗުތަކުގެ އެންމެހާ ކަންތައް ބެލެހެއްޓީ ކޮމިޝަނުން މި މަސައްކަތް ހަވާލުކުރި ފަރާތެއް ކަމުގައިވާ އޭއާރު އޭޖެންސީގެ ފަރާތުންނެވެ.

ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން އަންނަ އަހަރު މި މުބާރާތް ބޭއްވުމަކީ ކޮމިޝަނުގެ އަމާޒެކެވެ.