ޗައިނާ އެމްބަސީގެ ފަރާތުން ދެއްވި ފުރުސަތެއްގައި ރާއްޖޭގެ ޓީމެއް ޗައިނާ އަށް ވަޑައިގެންފި

April 15, 2025

ޗައިނާ އެމްބަސީގެ ފަރާތުން ހަމަޖައްސާދެއްވި “ސެމިނާ އޮން ރޭޑިއޯ އެންޑް ޓީވީ ފޯ ސީނިއާ ޓެކްނިކް މެނޭޖްމަންޓް ފްރޮމް ޑެވެލޮޕިން ކަންޓްރީސް” ގައި ބައިވެރިވުމަށް ރާއްޖޭގެ ފަރާތުން ބްރޯޑްކާސްޓަރުންނާއި ކޮމިޝަންގެ މުވައްޒަފަކު ހިމެނޭ ޓީމެއް ޗައިނާއަށް ވަޑައިގެންފިއެވެ.

މި ސެމިނާ އަކީ ޗައިނާ ބްރޯޑްކާސްޓިންގ އިންޓަނޭޝަނަލް އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން އިން އިންތިޒާމްކޮށްގެން މި އޭޕްރީލް މަހު 16 އިން 29 އަށް ބެއިޖިންގް ގައި ކުރިއަށް ދާ ސެމިނާ އެކެވެ.

ޗައިނާ އެމްބަސީ އިން ކޮމިޝަނަށް ދެއްވި މި ފުރުސަތު ބްރޯޑްކާސްޓަރުންނަށް ހުޅުވާލުމާއި އެކު، މި ސެމިނާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ މި ސެމިނާގައި ބައިވެރި ވުމުގެ ފުރުސަތު ފަހިކޮށްދީފައި އެވެ.

މިގޮތުން ސެމިނާގައި ބައިވެރިވެފައިވަނީ؛

1. ޕަބްލިކް ސާވިސް މީޑިއާ- އައިޝަތު އަޒްމާ/ މެނޭޖާ-ޓީވީ ޕްރޮޑަކްޝަން
2. ސަން ސިޔާމް މީޑިއާ -އަބްދުﷲ އަޒްމާން-ސ / ބްރޯޑްކާސްޓް އިންޖިނިއަރ/ ސޮފްޓްވެއާ ޑެވެލޮޕަ
3. ޗެނަލް 13-މުހައްމަދު ޝަޙީމް- ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ
4. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން- ސަނިއްޔާ ހުސެއިން/ އެސިސްޓަންޓް ޑިރެކްޓަރ

މި ސެމިނާގައި މީޑީއާގެ ތަރައްގީ ކުރުމަށް ޕޮލިސީތައް ބައްޓަން ކުރުމާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި މެދު ބައިވެރިން ހޭލުންތެރިކޮށް  ބްރޯޑްކާސްޓް މީޑިއާގެ ތަރައްގީ އަށް ޗައިނާގެ ތަޖުރިބާ އެ ފަރާތުން ބައިވެރިންނާއި ހިއްސާކުރާނެ އެވެ. މީގެ އިތުރުން،މި ދަތުރުގައި ޗައިނާގެ މީޑިއާ އިންސްޓިޓިއުޝަންތަކަށް ތަޖުރިބާ ދަތުރުތައް ބައިވެރިން ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މިގޮތުން ޗައިނާގެ މެއިންސްޓްރީމް ރޭޑިއޯތަކަށް ޒިޔާރަތްކޮށް އެމީހުންގެ އޮޕަރޭޓިން މޮޑަލްތައް ދެނެގަތުމާއި މެނޭޖް ކުރާ ގޮތާއި ކޮންޓެންޓް އުފެއްދުމުގައި ގެންގުޅޭ އައު ހިޔާލުތައް ދެނެގަތުމަށް ބައިވެރިންނަށް ފުރުސަތުދޭނެ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވާ އެހީތެރިކަން ޗައިނާ އެމްބަސީގެ ފަރާތުން މި މުހިއްމު މަސައްކަތަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނަރަ ވަންގ ލިޒިން އަށް ޝުކުރު އަދާކުރައްވި އެވެ. އަދި ކުރިމަގުގައި މި ދާއިރާ ތަރައްގީއަށް ދެފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގައި ކޮމިޝަނުން ދެކެ އެވެ.