ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކުން، ފާސްކޮށްފައިވާ ޕެކޭޖަށް އުނިއިތުރު ގެނައުމަށް ހުށަހެޅުމާއި، ޗެނަލް ޕެކޭޖް ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ނޮން އެކްސްކްލޫސިވް އެއްބަސްވުން ކޮމިޝަނަށް ބަލައިގަތުން

November 15, 2021

ސަރކިއުލަރ

(IUL)427-LCM/427/2021/12 ނަންބަރު:

ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކުން، ފާސްކޮށްފައިވާ ޕެކޭޖަށް އުނިއިތުރު ގެނައުމަށް ހުށަހެޅުމާއި، ޗެނަލް ޕެކޭޖް ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ނޮން އެކްސްކްލޫސިވް އެއްބަސްވުން ކޮމިޝަނަށް ބަލައިގަތުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

1 ޗެނަލް ރައިޓްސް އެގްރިމެންޓް ނުވަތަ ޗެނަލް ދެއްކުމުގެ ހުއްދަ އޮތްކަމުގެ ލިޔުން.

 

  • ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޗެނަލް ޕެކޭޖް ފާސްކުރުމަށް ހުށަހަޅާއިރު، ގަވާއިދު ނަންބަރު: 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ގެ ދަށުން، ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބިފައިވާކަން ކަށަވަރުކޮށްދިނުމަށް ހުށަހަޅާ ލިޔުން ކޮމިޝަނަށް ބަލައިގަތުމުގައި ރިޢާޔަތްކުރާނެ ކަންކަން ތިރީގައި ލިސްޓްކުރެވިފައި އެވަނީއެވެ.
    • ޗެނަލް ރައިޓްސް ހޯދާފައިވަނީ ނޮން އެކްސްކްލޫސިވް ކޮށްކަން.
    • ޗެނަލްގެ ވެރިފަރާތް ނުވަތަ ޗެނަލްގެ ވެރިފަރާތުން ޗެނަލްގެ ރައިޓްސް ދިނުމަށް އެކަށައަޅާފައިވާ ކުންފުނީގެ ރެޖިސްޓަރީ ނަންބަރު.
    • ޗެނަލްގެ ރައިޓްސް ދީފައިވާ މުއްދަތު.
    • ހުއްދަ ދެވިފައިވާ ޗެނަލް ރައިޓްސްގެ ބާވަތް.
    • ހުއްދަ ދެވޭ ޗެނަލް ނުވަތަ ޗެނަލްތައް.
    • ޑިސްޓްރިބިއުޝަން ރައިޓްސް ދެވޭ ޗެނަލަކީ ދިވެހިރާއްޖެއަށް އެ ޗެނަލް ދެއްކުމުގެ ހުއްދަ އޮތް ޗެނަލްތަކެއްކަން.
    • ޗެނަލްގެ ވެރިފަރާތް ނުވަތަ ޗެނަލްގެ ވެރިފަރާތުން ޗެނަލްގެ ރައިޓްސް ދިނުމަށް އެކަށައަޅާފައިވާ ފަރާތުގެ ފޯން ނަންބަރު/ވެބްސައިޓް/އީމެއިލް
    • ޗެނަލް ރައިޓްސް އެގްރީމަންޓް ނުވަތަ ލިޔުން ހުށަހަޅަނީ ޗެނަލްގެ ވެރިފަރާތުން ޗެނަލްގެ ރައިޓްސް ދިނުމަށް އެކަށައަޅާފައިވާ ފަރާތުން ކަމުގައިވާނަމަ އެ ލިޔުމުގައިވެސް މަތީގައި ބަޔާންކުރާ މައުލޫމާތު ހިމެނުން.

2       ފާސްކޮށްފައިވާ ޕެކޭޖަށް ބަދަލުގެނައުން.

  • ކޮމިޝަނުން ހުއްދަ ލިބިގެން ފާސްކޮށްފައިވާ ޕެކޭޖަށް ބަދަލުގެނެވޭނީ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ހުއްދަ ލިބިގެންނެވެ. އެގޮތުން ފާސްކޮށްފައިވާ ޕެކޭޖްގެ ޗެނަލަށް އުނިއިތުރު ގެންނަ ކަމުގައިވާނަމަ، ގަވާއިދު ނަންބަރު: 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އެ ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކުރާ ފޯމުން އެކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ހުއްދަ ހޯދަންވާނެއެވެ.
  • ކޮމިޝަނުން ހުއްދަ ލިބިގެން ފާސްކޮށްފައިވާ ޕެކޭޖަކުން ޗެނަލެއް އުނިކުރުމަށް ހުށަހެޅުމުގައި، ގަވާއިދު ނަންބަރު: 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 24 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ އުނިކުރުމަށް އެދޭ ޗެނަލް އުނިކުރުމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތައް ލިބިދެވޭ ބަދަލަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.
  • ރީބްރޯޑްކާސްޓަރުގެ އިޚްތިޔާރުން ބޭރުން ހިނގާ ކަމެއްގެ ސަބަބުން ޗެނަލެއް އުނިވެއްޖެނަމަ، އުނިވެފައިވާ ޗެނަލްގެ މަޢުލޫމާތު ގަވާއިދު ނަންބަރު: 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އަންގަންވާނެއެވެ. އަދި މިގޮތަށް ޗެނަލް އުނިވެއްޖެނަމަ، އެ ޗެނަލެއް ނުވަތަ ޗެނަލްތަކެއް އުނިވެފައިވަނީ ރީބްރޯޑްކާސްޓަރުގެ އިޙްތިޔާރުން ބޭރުންކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން ޗެނަލް އުނިކުރުމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތައް ލިބިދެވޭ ބަދަލަކީ ކޮބައިކަން ބަޔާންކުރާ ލިޔުން ހުށަހަޅަންވާނެއެވެ.

3       ޗެނަލް ރައިޓްސް އެއްބަސްވުން ފުރިހަމަކޮށް އަލުން ހުށަހެޅުން.

  • މި ސަރކިއުލަރ ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތަށް ޗެނަލް ރައިޓްސް އެއްބަސްވުން ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކަށް މި ސަރކިއުލަރ އާއި އެއްގޮތަށް ލިޔުން ފުރިހަމަކުރުމުގެ މުއްދަތަކީ 2022 މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • 2022 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް މި ސަރކިއުލާގައި ބަޔާންކުރާގޮތަށް ޗެނަލް ރައިޓްސް އެއްބަސްވުން ފުރިހަމަނުކުރާ ރީބްރޯޑްކާސްޓަރުންނަށް ހުއްދަދެވިފައިވާ ޕެކޭޖްތަށް ބާޠިލު ކުރެވޭނެއެވެ.

15 ނޮވެމްބަރު 2021